ads
ސްޓޫޑެންޓް ލޯނަށް އެދި 1700 ވުރެ ގިނަ ހުށައެޅުން
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދެމުން އަންނަ މަތީ ތައުލީމު ލޯނަށް އެދުމުގެ މުއްދަތު ހަމަވިއިރު 1709 އެޕްލިކޭޝަން ހުށައަޅައިފިއެވެ.

ސްޓޫޑަންޓް ލޯނަށް އެދުމަށް މިދިޔަ މަރިޗުމަހުގެ 28 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވީ މިއަދު މެންދުރެވެ. 

ހަޔަރ އެޑިއުކޫޝަން މިނިސްޓްރީން ބުނީ ސުންގަޑި ހަމަވިއިރު 1709 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާކަމަށާއި ދެން އޮތީ އެ ފޯމްތައް ބަލައި ޗެކުރުމުގެ މަސައްކަތްކަމަށެވެ. 

ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯނު ދިނުމަށް ސަރުކާރުން ނިންމާ އެކަން މިދިޔަ ހޯމަދުވަހުގެރޭ ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އިއުލާންކުރައްވާފައެވެ. 

އަހާ ސިލްސިލާގެ ތިންވަނަ ފޯރަމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސްޓޫޑެެންޓް ލޯނަށް އެދޭ ހުރިހާ ކުދިންގެ ތެރެއިން ޝަރުތު ހަމާ ކުދިންނަށް ލޯން ދޭން ރައީސް ޑރ މުއިއްޒު ނިންމެވި ނިންމެވުމަކީ ވަރަށް އުފާ ކުރައްވާކަމެެއް ކަމަށެވެ. 

"ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތު ހަމަވާ ނަމަ، ހުރިހާ ކުދިންނަށް ވެސް ލޯނު ދެއްވުން. އެހެންވީމަ، އެއީ އަޅުގަނޑުމެންނަށް ވަރަށް އުފާކުރާ ކަމެއް. އެހެންވީމަ، މި އުފާވެރި ހަބަރު އަޅުގަނޑުމެން ތިބޭފުޅުންނަށް ހިއްސާކޮށްލަން ބޭނުންވީ،" މާރިޔާ ވިދާޅުވި އެވެ.

މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލި 500 ފުރުސަތުގައި އަލަށް ކިޔަވަން ދިއުމަށް ބޭނުންވާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލޯނަށް އެދެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް