ads
ޒުވާން ހަތީބު ތަމްރީނުކުރަން ހިންގޮ ޕްރޮގްރާމްގައި އެކުދިންނާ ޑރ ޝަހީމް ބައްދަލުކުރައްވާ ހިއްވަރު ދެއްވަނީ
5 މަސްތެރޭ 100 ޒުވާން ހަތީބުން މިންބަރަށް
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން މިދިޔަ ފަސް މަސްދުވަހުގެތެރޭގައި 100 ޒުވާނުން ނެރެފައިވާކަމށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޒުވާން ހަތީބުން ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކައި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސް ނެންގެވުމުގެ މަތުިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށް ފެށި މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ހުތުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަގްސަދެއްކަމަށް އިސްލާމީ ކަންތައްތަކައި ބެހޭ ވުޒާރާއިން ބުނެއެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުމުން 160 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެެރެއިން އިންޓަވިއުތަކުން  ފާސްވި ކުދިންގެ ތެރެއިން 77 ކުދިންނާއެކު ޕްރޮގުރާމުގެ އަމަލީ ތަމްރީނުތައް މާލޭގައި ފެށީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން 57 ދަރިވަރަކު ވަނީ ފުރަތަމ ބުރުގައި ތަމްރީނުތައް ފުރިހަމަކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ. 

މި ކުދިން ހުކުރު ނަމާދާއި އީދު ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ މާރިޗުމަހުގެ 11 ވަނަދުވަހުއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވި ކުދިން ހުކުރު ނަމާދުކުރަން ފަށާފައިވަނީ މާރިޗު މަހުގެ 15 ވީ ހުކުރު ދުވަހުން ފެށިގެންނެވެ. އޭގެފަހުން މި ކުދިން އަންނަނީ މާލޭގެ މިސްކިތްތަކުގައި ހުކުރު ކުރަމުންނެވެ. 

your image17 އަހަރުގެ ހުސައިން ޒައިން އަލީ ފުރަތަމަ ފަހަރަށް ހުކުރު ހުތުބާ ކިޔަނީ 

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހާއްސަ އެހީއަށް ބޭނުންވާ އޯޓިޒަމް ޒުވާނަކު ހުތުބާ ކިޔާފައިވަނީ މި ޕްރޮގްރާމްގެ ތެރެއިންންނެވެ. ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 17 އަހަރުގެ ހުސައިން ޒައިން އަލީ އަށެވެ. ހުޅުމާލޭ މަސްޖިދުލް އަމާނީގައި އޭނާ އިމާވެ ހުކުރުކުރީ 15 މާރިޗުގައެވެ.

ޒުވާން ހަތީބުން ޕްރޮގްރާމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން އެންމެބޮޑަށް ފާހަގަކޮށްފައިވާ އެއްކަމަކީ ރަށްރަށުގައި ހަތީބުން މަދުވުންކަމަށާއި މި ޕްރޮގްރާމްއަކީ މިފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް