ads
ދިވެއްސެެއްގެ ފުރާނަ ސަލާމަތް ކުރި ދެ ޓޫރިސްޓުންނާއެކު ބ. އަތޮޅުގެ ޕޮލިސް ކޮމާންޑަރު އަފްރާ އާދަމް-- ފޮޓޯ: ބ. އަތޮޅު ޕޮލިސް
ޓޫރިސްޓް ދެމަފިރިން ދިވެއްސެއްގެ ފުރާނަ ސަލާމަތް ކޮށްފި
ދުސިތު ތާނީ މޯލްޑިވްސްއަށް ހަނީމޫނަށް އައި ދެ ފަތުރުވެރިއަކު އެ ރިސޯޓުގައި މޫދަށް ވެއްޓުނު މުވައްޒަފަކު ސަލާމަތްކޮށްފި އެވެ.

ބ. އަތޮޅު ފުލުހުންގެ އިދާރާއިން ބުނިގޮތުގައި ޑިއުޓީ ކުރަމުން ދިޔަ މުވައްޒަފު މޫދަށް ވެއްޓުނީ ރިސޯޓުގެ މޫދު ކޮޓަރިއެއްގެ ޑެކުމަތިންނެވެ. 

މުވައްޒަފު މޫދަށް ވެއްޓި ގެނބެމުން ދިޔަ މަންޒަރު ފެނުނީ، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ގޮސް ތިބި ދެމަފިރިންނަށެވެ. އަދި ވަގުތުން އެ މީހުން ވަނީ މޫދަށް ފުންމާލައި ދިވެހި މުވައްޒަފު ސަލާމަތްކޮށްފަ އެވެ.

ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި ދެ ފަތުރުވެރިންގެ ހިތްވަރަށް ހުރިހާ ދިވެހިންނާއި ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުސިތް ތާނީގެ މެނޭޖުމަންޓުން މިހާދިސާ އާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅައި އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދީފައިވާތީ އެކަމަށްވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

your imageދިވެއްސެެއްގެ ފުރާނަ ސަލާމަތް ކުރި ދެ ޓޫރިސްޓުންނާއެކު ބ. އަތޮޅުގައި މަސައްކަތް ކުރާ އިސް ފުލުހުން-- ފޮޓޯ: ބ. އަތޮޅު ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ދީފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެދިން އެހީތެރިކަން ފާހަގަ ކޮށް އެ ދެމަފިރިންނަށާއި އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކޮށްފައެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް