ads
ފެނަކަައިން ހިންގާ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއަށް ބަދަލުކުރުމަށް ބޭއްވި މަޝްވަރާ ބައްދަލވުމުގެ ތެރެއިން
ފެނަކައިން ހިންގާ ފެނާއި ނަރުދަމާއި މަޝްރޫޢުތައް އެމްޑަބްލިޔުއެސްސީއަށް
ފެނަކައިން ހިންގާ ފެނާއި ނަރުދަމާ މަޝްރޫޢުތައް އެމްޑަބްލިއުއެސްސީއަށް

ފެނަކަ ކޯޕަރޭޝަނުންގެ ދަށުން ހިންގަމުންދިޔަ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކުރުމަށް ނިންމާ މަޝްވަރާތައް ފަށައިފިއެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި ފެނަކައާއި އެމްޑަބްލިޔުއެސްސީގެ ވެރިންވަނީ ބައިވެރިވެފައެވެ. 

ފެނަކައިން އަންނަނީ ރާއްޖޭގެ އެކި ހިސާބުގައި ފެނާއި ނަރުދަމާގެެ 16 މަޝްރޫއެއް ހިންގަމުންނެވެ. މި ހުރިހާ މަޝްރޫއެއްގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކުރަން މިހާރު ވަނީ ނިންމާފައެވެ. 

23 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިދިޔަ ސަރުާރުން ވަނީ ފެނަކައާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސާފު ފެން ފޯރުކޮށްދިނުމުގެ 16 މަޝްރޫއަކާއި ނަރުދަމާއި ނިޒާމު ގާއިމުކުރުމުގެ 5 މަޝްރޫއެއް ހިމެނެއެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 600 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. މީގެއިތުރުން 11 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތްވެސް އޮތީ ފެނަކައާއި ހަވާލުކޮށްފައެވެ.

ކުންފުނިތަކުގެ ތެރެއިން  މަލީ ހާލަތު ދަށްވެ ބަންގޫރްވުމުގެ މަރުހަލާގައި އޮތް ކުންފުންޏަކީ ފެނަކަ ކަމަށް މި ސަރުކާރުންވަނީ ބުނެފައެވެ. އެގޮތުން ފެނަކައިގެ ދަރަނި 4 ބިލިއަނަށް އަރާކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ. 

އަދި ދާދިފަހުން ވަނީ އެ ކުންފުނީގެ ކުރީގެ ވެރިންނާއި ގުޅޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަވެސް އަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް