ads
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
އޭޕްރީލް މަހު ވައްކަމުގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަ ގިނަ: ޕޮލިސް
މި ހުސްވި އޭޕްރީލް މަހުގައި ވައްކަމުގެ 270 މައްސަލަ އަދި މަސްތުވާތަކެތީގެ 190 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 928 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ވައްކަމުގެ 270 މައްސަލަ، ޓްރެފިކް އެކްސިޑެންޓުގެ 212 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 55 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 54 މައްސަލަ، ޖިންސީ ގޯނާގެ 30 މައްސަލަ، އަނިޔާ ކުރުމުގެ 52 މައްސަލަ، ގެވެށި އަނިޔާ 15 މައްސަލަ، ފޭރުމުގެ 36 މައްސަލަ، ފޯޖް ކުރުމުގެ 12 މައްސަލަ އަކާއި މަސްތުވާތަކެއްޗާ ގުޅޭ 109 މައްސަލައިގއ އިތުރުން އެއްޗެހި ގެއްލުމުގެ 82 މައްސަލަ ހުށައަޅާފައި ވެއެވެ.

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރުގައި ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި އެކްސިޑެންޓްގެ މައްސަލަތައް ވެސް ގިނަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް