ads
ރިއާލްގެ ޖޫޑް ބެލިންހަމް
ބާސެލޯނާ ބޮނޑިބުއިމުން ރިއާލަށް ޗެމްޕިއަންކަން
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ޖިރޯނާ އަތުން ބަލިވެ، ރިއާލް ކަޑިޒް އަތުން މޮޅުވުމާއެކު ލީގު ޗެމްޕިއަންކަން ރިއާލްއަށް ކަށަވަރުވެއްޖެއެވެ.

ސްޕެނިޝް ލީގުގައި ޖިރޯނާ އިން ވަނީ ބާސެލޯނާ ހަތަރު ލަނޑު ދެ ލަނޑުން ބަލިކޮށްފައެވެ. އަނެއްކޮޅުން، ރިއާލުންވަނީ ކަޑިޒް އަތުން މޮޅުވެ، ބާކީ އަދި އަތް ނުލައި ހަތަރު މެޗު އޮއްވާ ލީގު ނަގާފައެވެ. ރިއާލް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ.

ރޭގެ ނަތީޖާތަކާއެކު ރެއާލަށް 34 މެޗުން 87 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 34 މެޗުން ލިބިފައިވަނީ، 73 ޕޮއިންޓެވެ. ބާކީ ދެން ލީގުގައި ހުރި މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ރިއާލް އަތުވާނެ ގޮތެއް ނެތެވެ.

މިއީ ރެއާލުން، ސްޕެނިޝް ލީގު ކާމިޔާބު ކުރި 36 ވަނަ ފަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް