ads
ޑިމޮކްރެޓްސް އިން އިންތިހާބެއް ކާމިޔާބުކުރި ފުރަތަމަ ކެންޑިޑޭޓް މުހައްމަދު އާޒިމް އަލީ (ޓޮޓީ) ރައީސް ނަޝީދާއެކުގައި
އިންތިހާބަކުން ފުރަތަމަ ޑިމޮކްރެޓްސްއަށް މޮޅެއް
ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއަށް އިންތިހާބަކުން ފުރަތަމަ ފަހަރަށް ގޮނޑިއެއް ކާމިޔާބު ކުރެވިއްޖެއެވެ.

ޑިމޮކްރެޓްސްއަށް ކާމިޔާބުކުރީ އިއްޔެ ބޭއްވި  ބައި-އިލެކްޝަންގައި މ.މަޑުއްވަރީ ކައުންސިލް ރައީސްގެ ގޮނޑިއެވެ. 

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުހައްމަދު އާޒިމް އަލީ (ޓޮޓީ) މި ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުالله އަލީ ވާދަކޮށް 50 ވޯޓުގެ ތަފާތުންނެވެ. މުހައްމަދު އާޒިމް އަލީ (ޓޮޓީ) ލިބުނީ 194 ވޯޓެވެ. 

ރައީސް ނަޝީދާއި ރައީސް ސާލިހާ އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖލިސް 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދާފައެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. 

ޑިމޮކްރެޓްސް އުފެދުނު ފަހުން ބޭއްވި ކޮންމެ އިންތިހާބެއްގައި އެޕާޓީން ވަނީ ވާދަކޮށްފައެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިހާބާއި މިދިޔަ މަޖިލިސް އިންތިހާބު ހިމެނެއެވެ.

ރިޔާސީ އިންތިހާބާއި މޭޔަރު އިންތިހާބުގައި ޑިމޮކްރެޓްސްއަށް ލިބުނީ ތިންވަނައެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި 37 ދާއިރާއަކަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓުން ނެރުނެވެ. އެހެންނަމަވެސް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް