ads
ކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހުޅުވި ޕާކް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ޕްލޭ އޭރިއާއެއް ހުޅުވައިފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލޭ އޭރިއާއެއް ހުޅުވައިފި އެވެ.
Advertisement

މި ކުޅޭ ސަރަޙައްދު ތަރައްގީކޮށްފައިވަނީ ރޮޓަރީ ކްލަބް އޮފް މާލެއިން ސިފްކޯގެ އެހީތެރިކަމާއެކުގަ އެވެ. މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އިބްރާހިމް ހިލްމީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކުޅޭ ސަރަޙައްދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޮޓަރީ ކްލަބުން އޮފް މާލޭގެ ރައީސް އަބްދުﷲ ނައުޝާދު ވަނީ ކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ވަސީލަތްތަކެއް ގާއިމްކޮށްފައިވަނީ މިހާރު ބޭނުން ކުރަމުންދާ އެއްވެސް ޕާކެއްގައި ނުކުޅެންތެރިކަން ހުންނަ ކުދިންނަށް ވަކިން ބޭނުން ކުރެވޭ އިކުއިޕްމެންޓްސްތައް ނެތުމުގެ ސަބަބުންކަން ފާހަގަކުރައްވާފަ އެވެ.

އިއްޔެ ހުޅުވި ކުޅޭ ސަރަހައްދުގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާ އެކު ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލަކާއި އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލާ ފަދަ އުނދޯއްޔާއި ބެލެނިވެރިޔާ އެއް ފަރާތުގައި އިނދެގެން ބޭނުން ކުރެވޭނެ އެހެން އިކުއިޕްމެންޓްސް ވެސް ހުރެ އެވެ.

your imageކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހުޅުވި ޕްލޭ އޭރިއާ، ހުރިހާ އުމުރެއްގެ ކުދިން ވެސް މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި

މިއީ އެއްވެސް ކުއްޖަކު ތަފާތުކުރުމެއްނެތި އެކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި ސަރަޙައްދެއްކަމަށް އެނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރާކަމެއް. މިއީ ރާއްޖޭގެ ގިނަ ޕާކުތަކެއްގައި އެއްކޮށް ކުޅެލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ފެށުން." ރޮޓަރީ ކްލަބުން އޮފް މާލޭގެ ރައީސް އަބްދުﷲ ނައުޝާދު ވިދާޅުވި އެވެ.

ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވީ ކުޅިވަރުތަކުގައި ހުރިހާ ކުދިންނަށް ބައިވެރިކުރުވުމަކީ ކުޑަކުދިންގެ ބަގީޗާއަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ.

ރޮޓަރީ ކްލަބަކީ އެ ކްލަބެއް ހަރަކާތްތެރިވާ މުޖްތަމައުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކްލަބްތަކެކެވެ. އެ ކްލަބުން މީގެ ކުރިން ވަނީ ބައެއް ރަށްރަށުގައި ފެންޕްލާންޓާއި އެހެނިހެން ބޮޑެތި އެހީތައް ވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް