ads
ޓައިޓޭނިކް ފިލްމުގައި އެބޯޓްގެ ކެޕްޓަންގެ ރޯލުން ފެނުނު ބާނާޑް ހިލް
ޓައިޓޭނިކްގެ ކެޕްޓަން އަސްލު މަރުވެއްޖެ
1990 ގެ އަހަރަތަކުގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ޓައިޓޭނިކް ފިލްމުގައި އެބޯޓްގެ ކެޕްޓަންގެ ރޯލުން ފެނުނު ބާނާޑް ހިލް މަރުވެއްޖެއެވެ.

ކެޕްޓަން އީޖޭ ސްމިތުގެ ރޯލުން ފެނުނު ހިލް މަރުވީ އުމުރުން 79 އަހަރުގައެވެ. ހިލް މަރުވިއިރު އޭނާ ގާތުގައި އަންހެނުން އެލިސަން އާއި އޭނާގެ ދަރިފުޅު ގެބްރިއަލްވެސް ހުއްޓެވެ. 

1997 ވަނަ އަހަރު 11 އޮސްކާ އެވޯޑް އުފުލާލި ޓައިޓޭނިކްގައި ވަރަށް ކުޑަކުށަ ރޯލަކުން ހިލް ފެނުނުނަމަވެސް އޭނާގެ އެ ރޯލް އެތެއް ބައެއްގެ ހަނދާނުގައި ހުންނާނެއެވެ. ބޯޓް ކަނޑުވުމުން މީހުން ސަލާމަތްކުރުމަށް އިރުޝާދި ދިނުމަށްފަހު އޭނާ އަމިއްލަ ކެބިންގައި ދޮރު ތަޅުލައިގެން ހުއްޓާ ބޯޓު އަޑިއަށް ދާ މަންޒަރަކީ ޓައިޓޭނިކްގައި ހިމެނޭ އަސަރުގަދަ ސީންތަކުން އެއް ސީންއެވެ. 

ހިލް ވަނީ ލޯޑް އޮފް ދަ ރިންގްސްގައި ކިންގް ތިއޯޑެންގެ ރޯލުވެސް އަދާކޮށްފައެވެ. 

your imageހިލް، ލޯޑް އޮފް ދަ ރިންގްސްގައި ކިންގް ތިއޯޑެންގެ ރޯލުންވެސް ފެނިގެންދިޔަ

ހިލްގެ ފިލްމީ ކެރިއަރ ފެށިގެން އައި 1982 ވަނަ އަހަރުގެ ބީބީސީ ޓީވީ ޑްރާމާ "ބޯއީޒް ފްރޮމް ދަ ބްލެކްސްޓަފް" ގައި އޭނާ ކުޅެފައިވާ ޔޯސަރު ހިއުޒްގެ ކެރެކްޓާއިންނެވެ. ޑްރާމާއަށް 1983 ވަނަ އަހަރު އެންމެ މޮޅު ޑްރާމާ ސިލްސިލާގެ ބަފްޓާ އެވޯޑާއި، 2000 ވަނަ އަހަރު ބްރިޓިޝް ފިލްމް އިންސްޓިޓިއުޓްގައި މިހާތަނަށް ހެދި އެންމެ މޮޅު ޓީވީ ޝޯތަކުގެ ލިސްޓުގެ ހަތް ވަނަ ލިބުނެވެ.

ހިލް މަރުވިއިރު އޭނާ ސްރީޒެއް އަންނަ އާދިއްތަ ދުވަހު ދައްކަން ވަނީ ތައްޔާރުވެފައެވެ. އެއީ ބީބީސީ ޑްރާމާ "ދަ ރެސްޕޮންޑާ" ގެ ސީރީޒް ދެވަނަ ސީޒަންއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް