ads
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ——
ނަޝީދަށް އިންސާފު ނުލިބުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތިކަމެއް
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ނުލިބި އޮތުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތިކަމެއްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށް 3 އަހަރު ވުުމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެެއްގައެވެ. 

ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ އެމަނިކުފާނަށް ދިން ހަމަލާގައި އިއުތިރާފުވި ފަރާތް ފިޔަވައި، އެހެން މީހުންގެ ޝަރީއަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ދޫވެފައިވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއްކަމަށްވެސް އެޕާޓީން ބުނެ އެވެ.

" އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި ދެކެން" ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނު އަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން އަނެއްކާވެސް ކުށްވެރިކޮށްފައެވެ. އަދި މި މައްސަލަ ސަރުކާރުން ބާލާ އެމަނިކުފާނަށް އިންސާފު ހޯދާދިނުމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެ އެވެ. 

"ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދަ ގޮވާލަން" ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.

6 މޭ 2021 ވަނަ ދުވަހުގެ ރޭ ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލަ އަށް މިއަދު ތިން އަހަރު ފުރުނު އިރު، ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް