ads
މާލލޭގެ ގެއަކުން ފުލހުން އަތުލާގަތް މަސަތުވާތަކެތި
މާލޭގެ ގެއަކުން 4 ކިލޯގެ ޑްރަގާއި އެކު މީހަކު ހައްޔަރުކޮށްފި
މާލޭގެ ގެއަކުން 4 ކިލޯގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މި މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ. 

އެމީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރުމުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 4 ކިލޯ ހުރިކަމަށް ފުލުހުން ބުނެއެވެ.

މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށްް 15 ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ދާދީ ފަހުންވެސް ވަނީ މާލޭގެ އެންމެ ކާރު ބާރު ބޮޑު މަޖީމަގުގައި ޑްރަގު ވިއްކަމުން ދިޔަ ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. މި މީހުންގެ އަތުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް