ads
މަޖިލިސް
ފްލެޓް ލިސްޓަށް ބަދަލު ނުގެންނަން ސަރުކާރަށް މަޖިލީހުން ނިންމައިފި
މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނުކަމަށް ކަނޑައެޅި މީހުންގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނަައުމަށް ސަރުކާރަށް އެންގުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

ފްލެޓްތަކާ ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލައެއް ދިރާސާކޮށް، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރީ، 29 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ ރިޕޯޓާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއެވެ. 

ކޮމެޓީގެ ނިންމުމުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ސަރުކާރަށް އެންގުމަށެވެ. 

މިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގައި ބައެއް މައްސަލަތައް ހުރެ އެކަން ވަނީ އޭސީސީން ބަލާފައެވެ. ދެ މަސްދުވަހަށްވުރެ ދިގު ތަހުގީގަކަށްފަހު އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނުކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށެވެ. އަދި 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.  

އެ ތަހުގީގަށްފަހު ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެ ކޮމިޝަނުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރަށް ފޮނުވި ފަހުންވެސް މިހާރު ވަނީ 2 މަހަށް ވުރެ ގިނަ ދުވަސްވެފައެވެ.  

ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އެންމެފަހުންވެސް ވިދާޅުވީ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ލިސްޓް އަދިވެސް މުތާލިއާ ކުރަން ޖެހޭ ކަމަށާއި ފްލެޓުތައް ހަވާލުކުރާނީ އެއަށް ފަހު ކަމަށެވެ. 


ރައީސް މުއިއްޒުވަނީ ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މިކޮމިޓީގެ މަސައްކަތަކީ އެމަޝްރޫއުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތާއި ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާ ދިނުމެވެ. 

މި  ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްްދާކަމަށާއި ކޮމެޓީން ނިންމާ ނިންމުންތައް އާއްމުކުރާނެކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް