ads
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު: ކުޑަކުދިންގެ ދުވަހާ ގުޅިގެން އުރީދޫން މޫލީގައި ސޭލެއް ވަނީ ފަށާފައި - ފޮޓޯ:ރައީސް އޮފީސް
ކުޑަކުދިންގެ ދުވަހާ ގުޅިގެން އުރީދޫން މޫލީގައި ސޭލެއް ފަށައިފި
މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން މޫލީގައި ހާއްސަ ސޭލެއް ފަށައިފި އެވެ.

އުރީދޫން ބުނީ ކުޑަކުދިންނަށް ކަމުދާނެ ގިނަ އައިޓަމްތަކެއް ލިބޭ މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ސޭލުން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އެޑިއުކޭޝަނަލް ޓޯއިސް، ވާހަކަ ފޮތް، ދަބަސް، އާޓްސް އެންޑް ކްރާފްޓްސް ސާމާނު ހިމެނޭއިރު މި ތަކެތީގެ ތެރޭގައި ދިވެހި އުފެއްދުންތައް ގިނަ ވާނެ ކަމަށް އުރީދޫން ބުނެ އެވެ.

މޫލީއަކީ ވިޔަފާރިކުރަން ފަސޭހަ އަދި އިިތުބާރު ހުރި ޕްލެޓްފޯމެކެވެ. ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ ތަކެތި ހިލޭ ފޮނުވައިދިނުމުގެ ހިދުމަތްދެ އެވެ.

މޫލީއަކީ ރާއްޖޭގައި އީ-ކޮމާސް ވިޔަފާރިކުރަން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭ އެއް ޕްލެޓްފޯމަށްވާއިރު، މި ޕްލެޓްފޯމް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަކެތި ފޮނުވުމުގެ ހިދުމަތް އުރީދޫން ފޯރުކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް