ads
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ: މިހާތަނަށް އިންޑިއާގެ 51 ސިފައިން ފައިބާފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބާނެ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
މިހާތަނަށްް އިންޑިއާގެ 51 ސިފައިން ގޮސްފި، ހުކުރުގެ ކުރިން ހުރިހާ ސިފައިން ފައިބާނެ
މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފައިބާފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި އިންޑިއާގެ 51 ސިފައިން ފައިބާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ތިން ޕްލެޓުފޯމެއްގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި މަހު 10 ވަނަ ދުވަހުގެ ކުރިން ފައިބާނެ ކަމަށެވެ. 

އިންޑިއާ ސިފައިން ތިބީ، އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށް ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ސިފައިންގެ ބަދަލުގައި އެ މަސައްކަތް ކުރުމަށް އިންޑިއާގެ މަދަނީން ގެނައުމަށެވެ. އެގޮތުގެ މަތިން މިހާތަނަށް މަދަނީން ރާއްޖެ އައިސްފައި ވީނަމަވެސް، އެ މީހުންގެ އަދަދެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ހީނާ ވިދާޅުވި ގޮތުގައި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖޭން ގޮސް ނިމުމުން ރާއްޖެ އައި މަދަނީންގެ އަދަދު ހާމަކުރައްވާނެ ކަމުގަ އެވެ.

އިންޑިއާގެ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފެށިއިރު، މިހާތަނަށް ހަތަރު ބައްދަލުވުން ވަނީ ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް