ads
އަބްދުއްރަހީމާއި ދަރިކަލުން ފައިސަލް
ރާއްޖެއަށްް ލިބުނު އެވޯޑާއިއެކު އަބްދުއްރަހީމްގެ ތައުރީފު ދަރިކަލުން ފައިސަލަށްް
ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަތަރު އެވޯޑެއް ރާއްޖެއަށް ލިބުމުން ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް، ދަރިކަލުން އިބްރާހިމް ފައިސަލަށް ޝުކުރު އަދާކޮށް ތައުރީފުކުރައްވައިފިއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން، ރާއްޖެ ވަނީ ހަތަރު އެވޯޑެއް އުފުލާލާފައެވެ. އެއީ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑްއެވެ. 

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށްް ލިބުނު ކާމިޔާބީ ރައީސް ޑރ މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމްވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކާމިޔާބީގެ ޝުކުރާއި ތައުރީފު ރައީސް މުއިއްޒަށާއި ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލަށް ވަނީ ފޮނުއްވާފައެވެ. 

މި ކާމިޔާބީއަކީ ފަތުރުވެރިކަމާއި ގުޅޭ ދައިރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތްކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. 

" ދާއިރާތަކުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެ ދާއިރާތަކާ ހަވާލުވެ ވަޑައިގެން ތިއްބަވާ ބޭފުޅުންގެ އިހްލާސްތެރިކަމާއި ތެދުވެރި ނިޔަތާއެކު ކުރައްވާ ބުރަ މަސައްކަތުގެ މައްޗަށް." އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ ވޯލްޑް ލީޑިން ލީޑިން ޑެސްޓިނޭޝަން އެވޯޑްވެސް ލިބިފައެވެ. މިިދޔަ ހަތަރު އަހަރު ޖެހިޖެހިގެން އެ އެވޯޑް ލިބުނީ ރާއްޖެއަށެވެ. އެއީ 2020، 2021، 2022 އަދި 2023ގެ އެވޯޑްއެވެ.  

1993 ވަނަ އަހަރު އުފެދިގެން އައި  ވޯލްޑް ޓްރެވަލް އެވޯޑުން މީގެކުރިންވެސް ރާއްޖެއިން ވަނީ ފަހްރުވެރި ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. މީގެކުރިން، ރައްޖެއިން ވަނީ ލީޑިން ޑެސްޓިނޭޝަން އެވޯޑް 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑް 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް 9 ފަހަރު ކާމިޔާބު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް