ads
މީދޫ (ފޮޓޯ ކްރެޑިޓް: ބީޗްއޮން މެޕް.ކޮމް)
ބަދަރު މަޑުޖެހި، އައިސް ޕްލާންޓްގެ މަސައްކަތް ދަނީ ކުރިއަށް: މީދޫ ކައުންސިލް
މަސްވެރިކަމަށް ހާއްސަ ދ.މީދޫގެ އައިސްޕްލާންޓްގެ މަސައްކަތަކީ މިވަގުތު އެންމެ ހަލުވިކަމާއިއެކު ކުރިއަށްދާ އެއް މަޝްރޫއު ކަމަށާއި ނަމަވެސް ބަނދަރުގެ މަސައްކަތް ވަނީ މަޑުޖެހިފައި ކަމަށް މީދޫގެ ކައުންސިލް ރައީސް އިބްރާހީމް ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

1،100 އެއްހާ އާބާދީއެއް އޮންނަ ދ.މީދޫ އަކީ މަސްވެރިކަމަށް ހާއްސަ ރަށެކެވެ. "ސީއެންއެމް" އިން ވަނީ ވެރިރަށް މާލެއާ 154 ކިލޯ މީޓަރު ދުރުގައި އޮންނަ މީދޫގެ ހާލަތު އޮތް ގޮތާއި، މީދޫގައި ކުރިއަށް ގެންދާ މަޝްރޫއިތަކާއި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދަނީ ކޮންކޮން މަސައްކަތްތަކެއްތޯ ހޯދާ އޮޅުންފިލުވުމުގެ ގޮތުން މީދޫގެ ކައުންސިލް ރައީސް އާ ގުޅާ މައުލޫމާތު އޮޅުން ފިލުވާފައި އެވެ.

މީދޫގެ ކައުންސިލް ރައީސް އިބްރާހީމް ނަސީމް، "ސީއެންއެމް" އަށް ވިދާޅުވީ ރަށުގެ ހާލަތު އިޖްތިމާއީ ގޮތުންނާއި އިގްތިސާދިގޮތުންވެސް މިހާރު ރަގަނޅުކަމަށް ބެލެވޭކަމަށެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރާއި ސަރުކާރާ ހިއްސާވާ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.

"ރަށުގެ ހާލަތު އިރާދަކުރެއްވިއްޔާ ރަނގަޅުކަމަށް ބެލެވެނީ، އިގްތިސޯދީ ގޮތުންވެސް އިޖްތިމާއީ ގޮތުންވެސް ރަށުގެ ހާލަތު ރަނގަޅު، ތަރައްގީއަށްޓަކައި ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކާ ކުންފުނިތަކާ ގުޅިގެން ތަފާތު މަސައްކަތްތައްވެސް ކުރިއަށް އެބަ ގެންދޭ" ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރަށުގެ ތަރައްގީއަށްޓަކައި ޕްރޮޕޯސަލްތައް މަޖިލީހަށް ހުށަހަޅާފައި ހުރިކަމަށާއި ޕީއެސްއައިޕީގެ ދަށުން މަޝްރޫއުތައް ހިމެނިފައި އެބަހުރިކަމަށް ވެސް ކައުންސިލް ރައީސް އިބްރާހީމް ނަސީމް ވިދާޅުވި އެވެ. އަލަށް ކުރިއަށް ގެންދެވޭ މަސައްކަތްތަކާއިއެކު ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ކައުންސިލް ރައީސް ވަނީ ރަށުގައި ހަލުވިކަމަާއިއެކު ކުރިއަށްގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވާލަފަ އެވެ. އެގޮތުން ފުޓްސަލް ދަނޑު ތަރައްގީކުރުމާއި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަަމަށް ނަސީމް ވަނީ ފާހަގަކުރައްވާފަ އެވެެ. އޭގެ އިތުރުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ޕޮލިސް ސްޓޭޝަނެއް ގާއިމްކުރުމާ ގުޅޭގޮތުން ވާހަކަދެކެވިފާއިވާކަަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

your imageމީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން

"މަރުކަޒު ގާއިމްކުރުމުގަޔާއި، ފުޓްސަލް ދަނޑުތައްވެސް ތަރައްގީކުރުން ފެށިފައި، މަގުހެދުންވެސް އެއީ ކުރަމުންދާ މަސައްކަތެއް ،އައިސް ޕްލާންޓް މަސައްކަތްވެސް އެއީ ފެށިފައި އޮތް މަސައްކަތެއް، ޕޮލިސް ސްޓޭޝަންއެއް ގާއިމްކުރުންވެސް އެއީ ވާހަކަދެކެވިފައި ކުރަން ހަމަޖެހިފައިވާ މަސައްކަތެއް"

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ރަށުގެ ނަރުދަމާވެސް ގާއިމްކޮށް ނިމި ހިދުމަތް ދޭން ފެށިފައިކަމަށެވެ. އަދި އެންމެ ހަލުވިކަމާއިއެކު ކުރިއަށް ގެންދާ މަސައްކަތަަކީ ފުޓްސަލް ދަނޑުގެ މަސައްކަތްކަމަށް ފާހަގަކޮށް ނަސީމް ވަނީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތް މަޑުޖެހިފައިވަނީ މިނިސްޓްރީއާއިއެކު ކުރިއަށްގެންދާ އިދާރީ އަދި ބިލިންގް ގެ މަސައްކަތް ތަކާ ގުޅިގެނަކަމަށް ކައުންސިލް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"ރަށުގެ ފެނާ ނަރުދަމާ ވަނީ ސުނާމީގެ ތެރެއިން ހަލާކުވެފައި، މިހާރު އެކަން ވަނީ ގާއިމްކޮށް ފެށިފަ އެއި މިހާރު ހިދުމަތް ދެމުން އަންނަ މަސައްކަތެއް.މިވަގުތު ކުރިއަށް ދާ މަސައްކަތަކީ ފުޓްސަލް ދަނޑުގެ މަސައްކަތް، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު މިވަނީ މަޑުޖެހިފަ އެއީ މިހާރު ކުރިއަށް ދަނީ އިދާރީ މަސައްކަތްތަކާއި ބިލިންގެ ގެ މަސައްކަތްތައް މިނިސްޓްރީއާއި ގުޅިގެން، ދަނޑުގެ މަސައްކަތް ވެސް ކުރިއަށް ގެންދަނީ މިނިސްޓްރީއާއި ގުޅިގެން" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ވަނީ ދަނޑުވެރިކަމުގެ ކަންކަމާއި ކުދި ވިޔަފާރިތަކަށް އާމްދަނި ހޯދަން ފުރުސަތުދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ ފުދުންތެރިކަމަށް ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް މާބޮޑުކަމެއް ނުކުރިނަމަވެސް ރައްޔިތުންނައް ލުއިފަސޭހަގޮތްތައް ކޮށްދީ މަގުފަހިކޮށްދިނުމުގެ ގޮތުން، ދަނޑުވެރިކަމުގެ ކަންކަންވެސް ކުރިއަށް ގެންދޭ، އޭގެ އިތުރުން ކުދި ވިޔަފާރިތަކަށްވެސް ގިނައިން ފުރުސަތުދެމުން މިދަނީ"

your imageމީދޫ ކްރެޑިޓްސް: ބީޗް އޮން މެޕް ޑޮޓް ކޮމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު މީދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މުޅި ރަށުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންގޮސް ރަނގަޅު ފެންވަރުގައި މަސައްކަތް ނިންމާލެނެކަމަށް ވައުދުވެވަޑައިގެންފައިވެ އެވެ. މީގެ އިތުރުން މީދޫ އަކީ މަސްވެރިކަމަށް ހާއްސަ ރަށަކަށްވުމުން އެ ރަށުގައި އައިސް ޕްލާންޓެއް ގާއިމްކޮށްދިނުމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގަނެފަ އެވެ.

މީގެ އިތުރުން މީދޫގެ ބަނދަރު ބޮޑުކޮށް، ބަނދަރަކީ އެންމެ ފުޅާކޮށް ރަށުގައި ހެދެންއޮތްވަރަށް، އެންމެ ރަނގަޅަށް ވަސީލަތްތައް ޤާއިމުވެފައި އޮތް ބަނދަރަކަށް ހަދައިދެއްވާނެކަމުގެ ޔަގީން ކަން ދެއްވާ މުއިއްޒު ވަނީ އެ މަޝްރޫއު ނިމިމާއި އެކު ފަރުދީގޮތުންވެސް އަދި މުޅި ރަށުގެ އިގުތިޞާދަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް