ads
ދިވެހި އުމްރާވެރިން: އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައި - ފޮޓޯ:ހައްޖު ކޯޕަރޭޝަން
އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން 2022 ވަނަ އަހަރުގެ ނުވަވަނަ ދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައި ވަނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ކައުންޓަރުންނެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:

  • ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުން
  • ދިވެހިރާއްޖޭން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި އެ ފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން
  • ހުއްދަ ލިބުމަށް ފަހު ދަފުތަރުކުރާ ކޮންމެ ކުންފުންޏަކުން 20،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް