އެމްއެންޔޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖު މާލޭގައި ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ކޮލެޖުގެ ކިޔެވުން އަންނަ އޮގަސްޓު މަހު ފެށޭނެ ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.
ޝެހެނާޒް ވިދާޅުވެފައި ވަނީ އެ ކޯސްތައް ފެށުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރެވެމުން އަންނަ ކަމަށެވެ.
މާލޭގައި ގާއިމު ކުރާ މި ކޮލެޖުގެ ކިޔެވުން ފަށާއިރު، މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނުމުގެ އިތުރުން ޔުނިވަސިޓީގައި މިހާރު ވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން، އެމްއެންޔޫން އަންނަނީ ދަނޑުވެރިކަމާ ބެހޭ ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ޝެހެނާޒް ވިދާޅުވި ގޮތުގައި ދަނޑުވެރިކަމާ ބެހޭ ކޯސްތައް ފަށާއިރު ފަށާނީ ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކާއި ޑިގްރީ ލެެވެލްގެ ކޯސްތަކުން ކަމުގަ އެވެ.
ޝެހެނާޒް އިތުރަށް ވިދާޅުވީ މިހާރު އަންނަނީ މި ކޮލެޖުގެ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކަމަށާއި ކޯސްތައް ހިންގުމަށް ޔުނިވަސިޓީގެ ކޮމިޓީ އޮން ކޯސަސް އިން ހުއްދަ ދިނުމާ އެކީގައި އެމްކިޔުއޭގެ ހުއްދައަށް އެދޭނެ ކަމަށެވެ.