ads
ކަނޑު ގަދަ ދުވަހެއް
ސަމާލު، ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަވާނެ
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައި ގަދަވާނެކަމަށްް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ވަނީ ހދ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމދުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެ ހިސާބު ގަނޑަށް މިއަދި ހެނދުނު 07:15 އިން ފެށިގެން 13:00 އާއި ހަމައަށް ގުގުރުމާއި އެކު ބޯކޮަށް ވާރޭވެހޭނަކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ހިސާބުގަނޑުގައި ވައިގަދަވެ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށްްވެސް މެޓް އޮފީހުން ބުނެއެވެ. 

މިއަދުގެ މޫސުމަށް ބަލާއިރު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

ކުރިއަށް އޮތް ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދު ރާއްޖެ ތެރޭގެ ސަރަަހައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަަށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ވަނީ ލަފާ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް