ads
ރާއްޖޭގެ 15 ރަށަކަށް އިއްޔެ ވިއްސާރައިގެ އަސަރުކުރި
ކުރިއައް އޮތް ހަތަރު މަސް ތެރޭ އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ
ކުރިއަށް އޮތް ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދު ރާއްޖެ ތެރޭގެ ސަރަަހައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަަށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުން ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރު އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ މެއި މަހުގެ މެދުތެރޭގަ އެވެ. އަދި ހުޅަނގު މޫސުން ނިމި އިރުވައި ފެށެނީ ޖެނުއަރީގަ އެވެ.

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކުގައި ވެސް އާދަޔާ ހިލާފަށް ހޫނުގަދަވުމާއި އާދަޔާ ހިލާފަށް ވިއްސާރަކުރުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން މިހާރު ހުރީ 40 ޑިގްރީ ސެލްސިއަސްއިން މަތީގައި ކަަމަށް، މެޓްއިން މިއަދު ވަނީ ހާމަކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެ ސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް