ads
ފޮޓޯ: ތެލަސީމިޔާ ސެންޓަރ
700 އަށް ވުރެ ގިނަ ކުދިންގެ ތެލެސީމިޔާ ސްކްރީން ކޮށްފި
މި އަހަރު މި ޕުރޮގުރާމްގެ ތެރެއިން 700 އަށް ވުރެ ގިނަ ކުދިންގެ ތެލެސީމިޔާ ސްކްރީން ކުރެވިފަ ވާކަމަށް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެ އެވެ.

މަދަރުސާތަކުގެ ދަރިވަރުން ތެލަސީމިޔާ ސްކުރީން ކުރުމުގެ ޕްރޮގުރާމްގެ ދަށުން މިހާތަނަށް ޖުމްލަ 6 ސްކޫލެއްގެ ކުދިން މިހާރު މި ބައްޔަށް ޓެސްޓް ކޮށްފައި ކަމަށް ޑރ. އުމަރު ވަނީ ވިދާޅުވެފަ އެވެ.

އުމަރު ވިދާޅުވީ، މިކަމަށްހުރި މައިގަނޑު ގޮންޖެހުމަކީ ތެލަސީމިޔާ ކުދިން އަދިވެސް އިތުރުވަމުން ދާ ކަމެވެ. އަދި އެ އަދަދު ދައްކުރުމަށްޓަކައި ފެށިފަ މި އޮތް ޕްރޮގުރާމް އަކީ ވަރައް ރަނގަޅު ޕްރޮގުރާމެއްކަމަށެވެ. 

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.

އުމަރު ވިދާޅުވީ، ސީދާ ކެރިޔަރުންގެ އަދަދު ނޭންގޭ ކަމަށެވެ. ނަމަވެސް، މި ސްކުރީނިން ހުރިހާ ސްކޫލެއްގައި ކުރެވުމަށްފަހު ކެރިޔަރުންގެ ޖުމްލަ އަދަދު އިވެލުއޭޓް ކުރާނެ ކަމަށެވެ. 

"މި ޕްރޮގުރާމް ގެ އަމާޒަކީ ތެލަސީމިޔާ އާއި ބެހޭގޮތުން ގިނަ މީހުންނަށް މައުލޫމާތު ލިބި ތެލަސީމިޔާ ޓެސްޓްކުރެވި އަދި ތެލަސީމިޔާއިން ރައްކާތެރިވުމަށް ޓަކައި ކުރިއައް އޮތްތަނުގަ ތެލަސީމިޔާ ކުދިން އުފަންވާ ނިސްބަތް ދައްކުރުން" ޑރ. އުމަރު ވިދާޅުވި އެވެ.

ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފައެވެ. 

މި ސަރުކާރުން ވަނީ ހިލޭ ބޯންމެރޯ ހަދަން ތެލެސީމިއާ ފަސް ޕޭޝަންޓުން ރާއްޖޭން ބޭރަށް ފޮނުވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް