ads
ގައުމީ ފުޓްސަލް ޓީމު ކުރީގެ މުބާރާތެއްގައި
ދިވެހި 13 ފުޓްސަލް ކޯޗުން ލެވެލް ވަން ނިންމައިފި
ދިވެހި 13 ފުޓްސަލް ކޯޗުން، މެލޭޝިއާގައި ކުރިއަށްދިޔަ އޭއެފްސީ ފުޓްސަލް ލެވަލް ވަން ކޯޗިން ކޯސް ފުރިހަމަކޮށްފިއެވެ.

މެލޭޝިއާގެ ސްޕޯޓިޒާ އިން އޭއެފްސީ އާއި މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަނާ ގުޅިގެން، ކުރިއަށްގެންދިޔަ މި ކޯޗިން ކޯހުގައި ބައިވެރިވި ދިވެހި ކޯޗުންނަކީ، އަލީ އަރުޝަދު، ޝަމީމް އަލީ، މުހައްމަދު ނާޝިދު، މުހައްމަދު ނައުފަލް، މުހައްމަދު ސާމިން، މުހައްމަދު ނާޝިދު، ޝީނީޒް މުހައްމަދު، އަހުމަދު ޔަމީން، މުހައްމަދު ޝާހީން، ޖައުފަރު އަލީ، އަލީ ހައިޝަމް، އިބްރާހިމް އަހުމަދު، ނައުޝަދު އާދަމް އަދި އަހުމަދު ސަރާހު އެވެ.

މި ކޯޗިން ކޯސް އޮތީ މި މަހުގެ ފުރަތަމަ ދުވަހުން ހަވަނަ ދުވަހަށެވެ. މި ކޯހުގައި ޖުމްލަ 19 ކޯޗުން ބައިވެރިވިއިރު، އޭގެ ތެރެއިން 13 މީހުންނަކީ ދިވެހިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް