ads
މަކަރާއި ހީލަތުން ފައިސާ އަތުލާކަމަށް ތުހުމަތުކުރެވޭ އުމުރުން 28 އަހަރުގެ ހުސެއިން ޖަޒްލާން
މީ މަކަރާ ހީލަތުން ފައިސާ އަތުލާކަމަށް ތުހުމަތުކުރެވޭ މީހެއް
މީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލާކަމަށް ތުހުމަތު ކުރެވޭ މީހެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ހޯދަމުން އަންނަނީ މާލޭ ދަފްތަރު އުމުރުން 28 އަހަރުގެ ހުސެއިން ޖަޒްލާނެވެ. ފުލުހުން ބުނީ މީނާ ހޯދަނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށްކަމަށެވެ. 

އެ ތަހުގީގަށް މީނާ  ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މީހާ މިމަހުގެ 17 ވަނަ ދުވަހުގެ 15:00 އަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އަމުރު ނެރަފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް