ads
ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާއި އެކު ކުންފުނީގެ އިސްވެރިން. -- ފޮޓޯ: މިހާރު
ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް ދީފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން މި އަހަރުގެ ހައްޖުގެ އަޅުކަމަސް ފޮނުވާ މުވައްޒަފުންނާ މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

ހުޅުލޭ އައިލަންޑް ހޮޓެލްގައި ރަސްމިއްޔާތުގައި ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދުއެވެ. 

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފް ވިދާޅުވީ، މި އަހަރު މުވައްޒަފުން ހައްޖަށް ފޮނުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރާ ގުޅިގެން މުވައްޒަފުންނަށް މި ފުރުސަތު ހޯދައި ދިނީ، އެއީ އެ ކުންފުންޏަށް މުހިންމު ކަމަށް ވާތީ ކަމަށެވެ. 

ކުރިމަގުގައި ވެސް އެ ޕްރޮގްރާމުގެ ތެރެއިން ހުއްޓުމެއް ނެތި މުވައްޒަފުން ހައްޖަށް ފޮނުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. 

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އެ ފުރުސަތު ލިބިގެން ދިޔުމުން އުފާކުރާކަން ފާހަގަކޮށްފަ އެވެ. އަދި ކުންފުނިން ބަހައްޓާ ގާތްކަމާއި މުވައްޒަފުންގެ ލާބަޔާ މަންފާއަށް ކުންފުނިން ދެއްވާ ސަމާލުކަމަށް މުވައްޒަފުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެމްއޭސީއެލްއިން އެންމެ ފުރަތަމަ ޕްރޮގުރާމެއްގެ ތެރެއިން މުވައްޒަފުން ހައްޖަށް ފޮނުވީ 1998 ވަނަ އަހަރު އެވެ. އެކަމަކު، އެ ޕްރޮގްރާމް މެދުކަނޑާލުމަށް ފަހު، މުވައްޒަފުން ހައްޖަށް ފޮނުވަން ފެށީ 2017 ވަނަ އަހަރު އެވެ. އަދި ކޮވިޑް19ގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން އެކަން މެދުކެނޑުމަށްފަހު 2023 ވަނަ އަހަރު 5 މުވައްޒަފަކަށް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް