ads
އެސްޖޭ ކޮންސްޓަރަކްޝަނުން ހަދާ ޒިކުރާ މިސްކިތް ނިމުނުން ހުންނާނެ ގޮތް
ޒިކުރާ މިސްކިތް ނިމުންމުން ހުންނާނެ ގޮތް ދައްކާލައިފި
މާލޭގެ ޒިކުރާ މިސްކިތް އަލަށް އިމާރާތްކޮށް ނިމޭއިރު ހުންނާނެ ގޮތް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ދައްކާލައިފިއެވެ.

ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓުރަކްޝަނާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަދުވަހުއެވެ. އެ މިސްކިތް އެސްޖޭއިން އަޅާދެނީ އެ ކުންފުންނީގެ އަމިއްލަ ހަރަދުގައެވެ. 

މި މިސްކިތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް ދައްކާލުމަށްފަހު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ ފެށިގެންދާނެކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ވެސް ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތަކާ އެކު 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެސްޖޭއޭ ކުންފުންޏާއި ހަވާލުކުރިއެވެ. އެކަމަކު، އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް އޭސީސީން ބުނުމުން އެ އެއްބަސްވުން މިދިޔަ ސަރުކާރުން ބާތިލުކުރިއެވެ. 

އޭރު ޒިކުރާ ހަދަން އެސްޖޭއޭ އާއި ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް އޭސީސީން ނިންމާ އޭރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ.އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާވެސް ކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ދަށުކޯޓުން އޭނާގެ މައްޗަށް ސާބިތު ނުވުމުން ޕީޖީ އޮފީހުން ހައިކޯޓްގައި އިސްތިއުނާފުކުރިއެވެ. 

your imageމިދިޔަ ސަރުކާރާއި އެކު އެސްޖޭއިން އެކުލަވާލި އެއްބަސްވުމުގައި ހުޅުމާލޭގައި އަޅައިދޭން ބުނި މިސްކިތުގެ ކުރެހުމެއް

ޒިކުރާ މިސްކިތް އެޅުމަށް އެސްޖޭއާ ހަވާލުކޮށް ޔާމީން ސަރުކާރުގައި އެ ކުންފުންޏަށް ވަނީ އިކުއިޒިޝަންގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައެވެ. އެއްބަސްވުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލު ހޯދަން އެސްޖޭއިން ދައުވާ ކުރުމުން ދައުލަތުންވެސް ަވަނީ އެސްޖޭއަށް ދިން 30 މިލިއަން އަނބުރާ ހޯދަން ދައުވާކުރިއެވެ. 

އެހެންނަމަވެސް ދަން އެސް.ޖޭ ކޮންސްޓްރަކްޝަނަށް ދަޢުލަތުން ދެއްކި، ތިރީސް މިލިއަން ރުފިޔާ އަނބުރާ ދަޢުލަތަށް ނެގުމުގެ ބަދަލުގައި، ހުޅުމާލޭ ދެވަނަ ދިޔަވަހީގައި މިސްކިތެއް ބިނާކުރަން އެކުންފުންޏާއެކު ސަރުކާރުން ފަހުން އެއްބަސްވިއެވެ. އެ އެބަސްވުމުގައި ސޮއިކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ 23 ގައެވެ. އެ މިސްކިތުގެ ކުރެހުންތައްވެސް އޭރު ދައްކާލިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް