ads
ޝައިތާންގެ މަންޒަރެއް
ޝައިތާނެއްގެ ސިހުރުގައި ޖެހި، އާއިލާއަށް ވެސް ބޮޑެތި އަނިޔާތަކެއް
"ޝައިތާން" އަކީ މިހާރު ނެޓް ފްލިކްސްގައި ދިވެހިރާއްޖޭގައި ވެސް އެއްވަނައިގައި އޮތް ފިލްމެވެ.

ފިލްމުން ދައްކުވައިދެނީ އަންހެން ކުއްޖަކު ސިހުރުވެރިއެއްގެ ނުބައި ސިހުރުގެ ޝިކާރަވުމުން، އާއިލާއަށް ލިބޭ އަނިޔާތަކެވެ. 

މި ހާލަތުން އަރައިގަތުމަށް އާއިލާ މަސައްކަތް ކުރަމުން ދާއިރު، އެ ނުބައި ޝައިތާނީ ސިހުރުވެރިއާގެ މަޤްސަދު ހާމަވެގެން ދެއެވެ.

ސިހުރުގެ މައްސަތައް ދިވެހިރާއްޖޭގައި ވެސް ދިމާވަމުން އަންނައިރު މި ފިލްމުން ދިވެހިންވެސް އިބުރަތް ލިބިގަންނަންވީ އެތައްކަމެއް އެބައޮތެވެ. 

"ޝައިތާން" އަކީ ވިކާސް ބަހުލް ޑައިރެކްޓްކޮށް، ޑެވްގަން ފިލްމްސް، ޖިއޯ ސްޓޫޑިއޯސް އަދި ޕެނޮރަމާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރި ހިންދީ ބަހުން ނެރުނު ސުޕަނޭޗުރަލް ހޮރާ ފިލްމެކެވެ. 2023 ގައި ގުޖުރާތީ ބަހުން ނެރުނު "ވަޝް" ގެ ރީމޭކެއް ކަމުގައިވާ މި ފިލްމުގައި އަޖޭ ދެވްގަން، މަދަވަން، ޖިއޯތިކާ، އަންގަޑް ރާޖް އަދި ޖަންކީ ބޮޑިވާލާ މައިގަނޑު ރޯލުތަކުގައި ފެނިގެންދެއެވެ.

މި ފިލްމުގެ މިއުޒިކް ކޮމްޕޯޒްކުރީ އަމިތް ތުރިވެދީ އެވެ. ސިނެމެޓޮގުރަފީ އަދި އެޑިޓިން ބަލަހައްޓާފައިވަނީ ސުދާކަރު ރެޑީ ޔައްކަންޓީ އަދި ސަންދީޕް ފްރާންސިސްއެވެ.

"ޝައިތާން" 8 މާޗް 2024 ގައި މަހާޝިވަރާތުރީއާ ދިމާކޮށް ދުނިޔޭގެ ސިނަމާ ތަރުތަކުގައި ރިލީޒްކުރިއެވެ. މި ފިލްމު، 60-65 ކުރޯޑު ރުޕީސްގެ ބަޖެޓަކުން ތައްޔާރުކޮށް ފައިވާއިރު، މުޅި ދުނިޔޭގެ ސިނަމާތަކުން ޖުމްލަ 211 ކުރޯޑު ރުޕީސް ހޯދާފައިވެއެވެ. 2024 ވަނަ އަހަރު އިންޑިއާގައި އެންމެ ގިނަ ފައިސާ ހޯދި ހަތަރު ވަނަ ފިލްމަކަށް "ޝައިތާން" ވެފައިވާއިރު، ހިންދީ ބަހުން ނެރުނު ފިލްމުތަކުގެ ތެރެއިން ދެ ވަނައަށް އެންމެ ފައިސާ ހޯދި އަދި އިންޑިއާގެ ހޮރާ ފިލްމުތަކުގެ ތާރީޚުގައި ވެސް އެންމެ ފައިސާ ހޯދި ފިލްމަކަށް ވެސް މިއަހަރު މި ފިލްމު ވަނީ ވެފައެވެ.

މިހާރު ނެޓްފްލިކްސްގައި މި ފިލްމު ރިލީޒްކޮށްފައިވާއިރު، ރާއްޖޭގައި ވެސް ލިސްޓުގެ އެއްވަނައިގައި އޮތީ މި ފިލްމެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް