ads
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި އުރީދޫ އަދި އެޗްޑީސީ ގުޅިގެން ބާއްވާ އުފާ ފެސްޓިވަލް މިއަދު ހަވީރު ފަށާނެ - ފޮޓޯ:އުރީދޫ
ކުޑަކުދިންގެ ދުވަހަށް ހާއްސަ "އުފާ ފެސްޓިވަލް" މިއަދު ހަވީރު
އުރީދޫ މޯލްޑިވްސް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ "އުފާ ފެސްޓިވަލް" މިއަދު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫން ބުނީ މި ފެސްޓިވަލް ކުރިއަށްދާނީ މިއަދާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ފެށިގެން 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ކަަމަށެވެ. 

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަގުސަދުގައި ބޭއްވޭ މި ފެސްޓިވަލަކީ އާއިލާ އާއެކު ވަގުތު ހޭދަކޮށްލާ މަޖާ ކުރެވޭ ގޮތަށް ރާވާފައިވާ ފެސްޓިވަލެއް ކަމަށް އުރީދޫން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނޭ ކަމަށެވެ. 

އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީ އެވެ. އަމިއްލަ ފެންބަޑި ހިފައިގެން އައިސް ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި ހޮނިހިރު ދުވަހުގެ ރޭ 8:00 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައި ވަނީ "ވުޑީ ވުޑްޕެކަ ގޯޒް ޓު ކޭމްޕް" މި ފިލްމެވެ.

އުރީދޫން ބުނި ގޮތުގައި ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާ އާއި ރައްޓެހިންނާ އެކު މި ހަފުތާ ބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް