ads
ފުނަދޫގައި ގަހަކަށް ސިހުރު ހަދާފައި ހުރި ކަމަށް ބުނެ ސިހުރު ހެދިތަކެތި ނަގަނީ
ސިހުރު: ގެއްލުން ބޮޑު ފާފައެއް، އެތައްބައެއްގެ ދިރިއުޅުން ގެއްލިއްޖެ
ސިހުރުވެރި ކަމުގެ ސަބަބުން އާއިލާތަށް ރޫޅި، އެތައް ބައެއްގެ ދިރިއުޅުން ދަނީ ހަލަކުވަމުންނެވެ. މި ދުވަސްވަރަކީ ސިހުރުވެރި ކަމުގެ ވާހަކަ ތަންކޮޅެއް ގަދަވެފައިވާ ދުވަސްވަރެކެވެ.

ފާއިތުވި އޭޕްރީމް މަހުގެ 21 ވަނަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ކެނޑިޑޭޓް މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި، ށ. ފުނަދޫ އިން ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު ށ. ފުނަދޫ އިންނެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 60 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ފުނަދޫ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ މީހާގެ ބަންދައް 15 ދުވަސް ޖަހާފަ އެވެ. އަދި އެ މީހާ ކޯޓަށް ހާޒިރު ކުރި ވަގުތު އެ ސަރަހައްދުގައި މަންޑޭގެ ސަޕޯޓަރުން ވަނީ އިހްތިޖާޖު ވެސް ކޮށްފަ އެވެ.

ސިހުރު ހެދުމަކީ ރާއްޖޭގައި އާންމު ކަމަކަށްވީ ނަމަވެސް އެފަދަ ކަންކަން ކުރާ މީހުނަށް އެކަށީގެންވާ އަދަބެއް މިހާތަނަށް ދެވިފައި ނުވުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުނަދޫ އިން ހައްޔަރު ކުރި މީހާ ހަވަރަށް ދޭންވެސް އެ ރަށު ރައްޔިތުން ނިކުމެ ވަނީ މަސައްކަތް ކޮށްފަ އެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ހުރި ގެ ބަލާ ފާސްކުރުމުގެ ތެރެއިން ސިހުރު ހެދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ ފެނިފަ އެވެ. އެ ގެއިން ފެނިފައިވާ ތަކެތީގެ ފޮޓޯތަށް ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ ތުހުމަތުތަކާއެކު ހައްޔަރުކުރި "ސިހުރުވެރިޔާ" އަށް ހައްގު އަދަބު ލިބޭނެތޯ އެވެ. އަދި ހަމަ އެހެންމެ ސިޔާސީ މީހަކަށް ސިހުރު ހެދުމުން އެ ބޭފުޅާގެ ދިފާހުގައި ރައްޔިތުން ނިކުތް ފަދައިން އާންމު ރައްޔިތަކަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ އެމީހެއްގެ ދިފައުގައިވެސް ރައްޔިތުން ނިކުންނާނެތޯ އެވެ.

ސިހުރުގެ ސަބަބުން އެތަކެއް އާއިލާއެއް ވަނީ ރޫޅިފައެވެ. އެތަކެއް ފުރާނައެއް ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އަދި މިހާރުވެސް ސިހުރެ ވަބާގައި ޖެހި އެކަން ތަހަންމަލު ކުރަމުން ދަނީ ކިތައް މީހުންތޯ އެވެ. މިއީ ފުންކޮށް ވިސްނާލަން ޖެހޭ، މި މުޖުތަމައުގަ ބޮޑުވެފައިވާ ވަބާއެކެވެ. އެކަމުގެ އަސަރު ކުށެއް ނެތް ކިތަންމެ ބަޔަކު ދަނީ ތަހައްމަލު ކުރަމުންނެވެ. ށ. ފުނަދޫ ރައްޔިތުން ނިކުމެ ސިހުރުވެރިޔާ ހުއްޓުވި ފަދައިން ހަމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ އެމީހެއްގެ ދިފާއުގައި ރައްޔިތުން ނިކުންނަނަމަ މި މައްސަލަޔަށް ކުޑަ ނަމަވެސް ހައްލެއް ލިބިގެން ދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އަދި ހަމަ އެޔާއެކު ސިހުރުވެރިންނަށް އެކަށީގެންވާ އަދަބެއް ގާނޫނުގެ ތެރެއިން ދެވޭނަމަ މިކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބިގެންދާނެ އެވެ.

"ސިހުރު"ގެ މި މައްސަލަޔާއެކު އެކި ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ސިހުރުހަދާ މީހުން މަރާލަން ހާއްސަ ގާނޫނެއް ހެދުމަށް ގޮވާލާ އަޑު އުފުލަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ފުނަދޫގެ ގިނަ ރައްޔިތުން ނިކުތީ މުންކަރާތްތައް ނޯމަލައިޒް ކުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އަނެކާ އަށް އޮތް ހަސަދަވެރި ކަމުގެ ސަބަބުން އެމީހެއްގެ ވަގުތީ އުފަލަށްޓަކައި އެ ހަލާކޮށްލެވެނީ އަނެކާގެ މުޅި ދިރިއުޅުމެވެ. އެހެން ކަމުން ރަނގަޅު މުޖުތަމައު އެއް ބިނާކުރުމަށް ކޮންމެ މީހަކުކުވެސް މިފަދަ ނުބައި އަމަލުތަކާ ދުރައް ދިޔުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގައި ސިހުރުގެ ވަބާގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ސިހުރު ޖެހި އެތައްބައެއްގެ ދިރިއުޅުން ވަނީ ގެއްލިފައެވެ. ސިހުރަކީ މާތްﷲ ހަރާމް ކުރެއްވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައި އަމަލެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް