ads
ކުލި ކޮންޓްރޯލް ކުރުމަކީ ކަމުދާކަމެއް ނޫން: ހައިދަރު
މާލޭ ސަރަހައްދުގައި ކުއްޔަށްދޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރުމަކީ ކަމުދާގޮތެއް ނޫންކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު އަލީ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލޮކޮށްފިނަމަ އޭގެ ސަބަބުން މައްސަލަތަކެއް ނުކުންނާނެކަމަށެވެ. ކުލި ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އެކަން ހައުސިން މާކެޓަށް ދޫކޮށްލަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. 

" ހުޅުވާލެވިފައިވާ މާކެޓެއް އޮންނަ ގައުމެއްގައި ކުރަން ކަމުދާ ކަމެއް ކަމުގައި އިކޮނޮމިސްޓުން ވެސް ގަބޫލެއްނުކުރޭ. އެހެންވީމަ އަޅުގަނޑަކަށް ހިޔެއްނުވޭ ކުލި ކޮންޓްރޯލްކުރުމަކީ އަޅުގަނޑުމެން ކުރަން ކަމުދާ ކަމެއްހެނެއް،" ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ސަރުކާރުން ވަކި ރޭންޖުތަކެއް ކަނޑައަޅާ ކުލި ކޮންްޓްރޯލްކޮށްފިނަމަ ނުކުމެދާނެ ގެއްލުންތަކުގެ ވާހަކަ ދައްކަޗަމުން ވަޒީރު ވިދާޅުވީ އޭރުން ލޯނު ނަގައިގެން އިމާރާތްކުރާ މީހުންނަށް ގިނަ ގެއްލުންތަކެއް ލިބިދާނެކަމަށެވެ. 

" އެވާ ގޮތަކީ ކުލި ކޮންޓްރޯލްކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،" ލިބިދާނެ ގެއްލުންތައް ވިދާޅުވަމުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން މާލޭ ސަރަހައްދުގައި ކުލި ކޮންޓްރޯލް ވެގެން ހިނގައިދާނެކަމަށް ބެލެވުނެވެ. އެހެންނަމަވެސް މާލޭގައި ތަންތަން ކުއްޔަށް ދޭ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. 

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގައި މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އެކި ކުންފުނިތަކުން ފްލެޓްތައް އިމާރާތްކޮށް އަންނަނީ ދެމުންނެވެ. އެހެންނަމަވެސް ފްލެޓް ލިބޭ މީހުން އެތަންތަނުގައި އުޅުމުގެ ބަދަލުގައި އެކި ފަރާތްތަކަށް ކުއްޔަށްދޭ މައްސަލަ ވަނީ ބޮޑުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް