ads
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މަދިނާ އެއާޕޯޓުން މަރުހަބާ ކިޔަނީ / ފޮޓޯ: ސައުދީ ޕްރެސް އެޖެންސީ
ރައީސްގެ ދެ ކަނބަލުން މަދިނާއަށް ވަޑަައިގެންފި
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މަދީނާއަށް ވަޑައިގެންފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މަދީނާއަށް ވަޑައިގެންފިއެވެ.

your imageރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މަދިނާ އެއާޕޯޓުން މަރުހަބާ ކިޔަނީ / ފޮޓޯ: ސައުދީ ޕްރެސް އެޖެންސީ 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ، މަދީނާ ސަރަހައްދުގެ ގަވަރުނަރު، އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުއޫދެވެ.

your imageރައީސް މުއިއްޒުގެ ދަތުރުފުޅުގައި މަދީނާ ސަރަހައްދުގެ ގަވަރުނަރު، އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުއޫދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވަނީ 

މި ދަތުރުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް