ads
ގަރާރު ފާސްވުމުން ޕަލަސްތީނުގެ އެމްބެސެޑަރު ރުިޔާދި މަންސޫރް އުފާ ފާޅުކުރައްވަނީ./ ފޮޓޯ ރޮައިޓަރސް
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ފާސްކޮށްފި
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ގޮވާލި ގަރާރު އދ.ގެ އާންމު މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.

މި ގަރާރަކީ ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ގަރާރެކެވެ. 

އދ.ގެ އާންމު މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުގައި މި ގަރާރަށް މިރޭ ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފައެވެ. ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިނެވެ. 25 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓް ދޭން ބޭނުމެއް ނުވިއެވެ. ފަލަސްތީނަކީ މިހާރު އޮންނަނީ އދ.ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެއްގެ ގޮތުގައެވެ.

މިހާރު 193 ގައުމެއް އދ.ގެ މެމްބަރުންގެ ގޮތުގައި ތިބިއިރު، ފަލަސްތީނަށް މެމްބަރުކަން ލިބުމުން 194ވަނަ ގައުމަކަށްް ވާނީ އެގައުމެވެ. 

މިރޭ ފާސްކުރި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތުހަމަވާ ގައުމެއްކަމަށާއި އެހެން ގައުއުމުތަކުގެ ބޮޑު ތާއީދެއް މި ކަމަށް އޮތްކަންވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އދ ގެ އާއްމު މަޖިލީހުގައި މިރޭ މި ބައްދަލުވުން ބޭއްވީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަން ދިނުމަށް އަލްޖީރިއާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ހުއްޓުވާފައިވުމުންނެވެ. 

މިދިޔަ މަހު 18ގައި ވެސް ފަލަސްތީނަށް އދ.ގެ މެމްބަރުކަން ފުރިހަމައަށް ލިބެން އޮތެވެ. އެހެންނަމަވެސް އިޒްރާއީލަށށް މަދަދުވެރިވާ އެމެރިކާއިން އެދުވަހު ނެގި ވޯޓް ވީޓޯ ކުރުމުން އެކަން ވާގޮތެއް ނުވިއެވެ. 

ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރަކަށް ހެދުމަކީ އިސްރާއީލުން އެކަމާއ ދެކޮޅު ހަދަމުން އަންނަކަމަކެވެ. އަދި އިސްރާއީލުން އަންނަނީ އދގެ ނިންމުތަކަށްް ބެލުމެއް ނެތި ފަލަސްތީނުގެ މުސްލިމުން ނައްތާލުމަށް ގައްޒާގައި ގަތުލް އާޢްމެއް ހިންގަމުންނެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 34،700 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި 26,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 78,368 އަށް އުފުލިފައެވެ. އޭގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް