ads
އުރީދޫން ބޭއްވި ހަރަކާތެއްގެ ތެރެއިން: އުރީދޫގެ ފޯމް ޕާޓީ އާއި މޫވީ ނައިޓް މާދަމާގެ އުފާ ފެސްޓިވަލުގައި އޮންނާނެ - ފޮޓޯ:އުރީދޫ
އުރީދޫގެ ފޯމް ޕާޓީ އަދި މޫވީ ނައިޓް މާދަމާގެ އުފާ ފެސްޓިވަލުގައި
އުރީދޫ މޯލްޑިވްސްގެ ފޯމް ޕާޓީ އާއި މޫވީ ނައިޓް މާދަމާ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "އުފާ ފެސްޓިވަލް" ގެ ދެވަނަ ދުވަހަކީ ފޯރިގަދަ ހަރަކާތްތަކެއް ރޭވިފައިވާ ދުވަހެއް ކަމަށެވެ. 

މާދަމާ ހަވީރު 4:00 އިން ފެށިގެން ސެންޓްރަލް ޕާކުގައި އުރީދޫން ރާވާފައިވާ "ވޯޓަ ފަން" ކުރިއަށް ދާނެ އެވެ. މި ހަރަކާތަކީ ފެނާއި ކުލަ އާއި ފޯމް ހިމަނައިގެން ކުޑަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އުރީދޫން ބުނެ އެވެ. އަމިއްލައަށް ފެން ބަޑިއެއް ހިފައިގެން މި މަޖަލުގައި ބައިވެރިވުމަށް ހުރިހާ ކުދިންނަށް ވެސް އުރީދޫން ދައުވަތުދެ އެވެ.

"ފޯމް ޕާޓީއަށް ފަހު ރޭގަނޑު ރީތިވެލައިގެން އާއިލާ އާއި ރައްޓެހިންނާ އެކު ފިލްމު ބަލާލުމަށް ވެސް ސެންޓްރަލް ޕާކަށް އަންނާށެވެ. މި ހިތްގައިމު މާހައުލުގައި އެންމެން އެކީ "ވުޑީ ވުޑްޕެކަ ގޯޒް ޓު ކޭމްޕް" ބަލާލުމަކީ މި ފެސްޓިވަލް ފުރިހަމަ ކޮށްދޭނެ ކަމެކެވެ،" އުރީދޫން ބުނެފައިވެ އެވެ.

އުރީދޫ މޯލްޑިވްސް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ ގޮތަށް ފެށި އުފާ ފެސްޓިވަލް ކުރިއަށް ދާނީ މިއަދާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ފެށިގެން 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް