ads
ގައްސާން މައުމޫން
ހެލިކޮޕްޓަރު ދުއްވަން މިހާރު އެ ތިބީ އެ އުފެއްދި ކުންފުނީގެ މީހުން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބަލާ މިހާރު ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބީ އެ ހޮލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުންކަމަށް ދިފާއި ވަޒީރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށްފަހު އެ ދުއްވާ މަދަނީ މީހުންނާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. 

އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. ދެ ވަނަ ބެޗު ދިޔައީ މިދިޔަ މަހު އެވެ. އެއީ 51 ސިފައިންނެވެ. ބާކީ ތިބި ހުރިހާ ސިފައިން ފުރައިގެން ދިޔައީ މިދިޔަ ބުރާސްފަތީގައި ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. 

ސިފައިން ފޮނުވާލާ ގެނައި މަދަނީ މިޙުންނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ މިހާރު އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ރާއްޖޭގައި ނުހުންނާނެކަމަށެވެ. 

"މިވަގުތައް އެއްބަސްވެވުނީ އެ ޕްލެޓްފޯމްތައް ދެން ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނީ މަދަނީ މީހުން ބޭނުންކޮށްގެން. މީގައި އެންމެ މުހިއްމުކަމަކަސް ފާހަގަކޮށްލަންޖެހޭ ކަމަކީ އެ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިެމނޭ ހެލޮކޮޕްޓާސް އުފެއްދި ކުންފުނީގެ މުވައްޒަފުންކަން." ދިފާއީ ވަޒީރު ގައްސާން މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވަނީ މި މަހުގެ 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ދާނެ ކަމުގެ ޔަގީންކަން ވަރަށް ކުރިން ދެއްވައިފަ އެވެ. އެއީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ގޮތަށް އެޅި ފިޔަވަޅެކެވެ.

ދިވެހި ސަރުކާރުން އެދިފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ނަމަވެސް މަަޝްވަރާ އިން އެއްބަސްވެވުނީ ތިން މަހުން -- މެއި 10ގެ ނިޔަލަށް ހުރިހާ ސިފައިން ބާލާ ނިންމާށެވެ.

އެެއީ އިންޑިއާ އިން ބޭނުންވި ގޮތް ނޫން ނަމަވެސް ސަރުކާރުން މަޝްވަރާގެ ރީތި އުސޫލު އިހްތިޔާރުކޮށް ކުރި މަސައްކަތުން އިންޑިއާ އެކަމަށް އެއްބަސް ކުރުވީ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް