
ފުލުހަކު މާލޭ ޒޯންގައި އެހެން ޒޯނެއްގެ ބޯޑު ޖަހައިގެން ދުއްވަނީ
ނުބައި ބޯޑެއް ޖަހައިގެން މާލޭގައި ސައިކަލް ދުއްވި ފުލުހެއް، ފިޔަވަޅު އަޅައިފި
މުހައްމަދު އާދަމް އަހްމަދު
21 ޖުލައި 2025 - 10:21:22
ނުބައި ބޯޑެއް ޖަހާއިގެން މާލޭ ސަރަހައްދުގައި ދަތުރުކުރި ފުލުހެެއްގެ މައްސަލަ ފެންމަތިވުމުން ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ސީ ޒޯންގެ ބޯޑެއް ޖަހައިގެން ފުލުހަކު ސައިކަލް ދުއްވާ މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
އެ ފޮޓޯގައި ފެންނަ ގޮތުން ފުލުސް މީހާ ދުއްވަން އިން ސައިކަލްގައި ޖަހާފައިވާ ބޯޑުގައި އިނީ ސީ ޒޯންގެ ނަމްބަރު ޕްލޭޓްއެކެވެ. މާލޭ ސަރަހައްދުގައި ދުއްވާ ނަމްބަރު ބޯޑުގައި ޒޯންގެ ގޮތުގައި އިންނަނީ އޭ އެވެ.
މި ފޮޓޯ އާއްމުވުމުން ފުލުހުން ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ފޮޓޯއިން ފެންނަ، ފުލުސް އޮފިސަރަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ދަށުން ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި މި އަމަލު އިސްލާހުކުރުމަށް ނަސޭޙަތްތެރިވެފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް