ވިރާތު ކޯލީގެ މި ފަހަރުގެ ފުރަތަމަ ސެންޗުރީ ނުވަތަ 100 ލަނޑު ހެދީ ރޭ ދެއްލީ ކެޕިޓަލްސް އަތުން 74 ލަނޑުން މޮޅުވި މެޗުގައެވެ. ރޭގެ މޮޅަކީ ބެންގަލޫރުން މި ފަހަރުގެ މުބާރާތުގައި ޖެހިޖެހިގެން ފަސްވަނައަށް މޮޅުވި މެޗެވެ.
މި މޮޅާއެކު، ބެންގަލޫރު ވަނީ އައިޕީއެލް ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ބެންގަލޫރަށް ބާކީ އޮތީ އެންމެ މެޗެކެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތުގެ ގޮތުގައި ހިމެނޭ އައިޕީއެލްގެ ޕްލޭ އޮފްގެ ޖާގަ ލިބެނީ ލީގު ބުރުގެ ގަދަ ހަތަރު ޓީމަށެވެ.
ރޭގެ މޮޅާއެކު، ވިރާތު ކޯލީގެ ބެންގަލޫރަށް ގަދަ ހަތަރެއްގެ ފުރުސަތު އަދި އެބައޮތެވެ. އެކަމަކު، އެއީ އެހެން ޓީމުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު، ބެންގަލޫރުން ފަހު މެޗުގައި ޗެންނާއި ސުޕަ ކިންގްސް ބަލިކޮށްފިނަމަ އެވެ.