ads
އާ ސަހަރާ މިސްކިތުގެ މަސައްކަތް
3.6މިލިއަން ނަގާ އާ ސަހަރާ މިސްކިތް ނުނިންމި މައްސަލަ ކޯޓަށް ވައްދަނީ
އާ ސަހަރާ މިސްކިތް އަލުން ހަދަން ހަވާލުކުރި ކުންފުނީގެ މައްސަލަ ކޯޓަށް ހުށައަޅަން ތައްޔާރުވަމުން އަންނަކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
Advertisement

ސިޓީ ކައުންސިލުގެ މޭޔަރަކަށް މިހާރު ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު އާ ސަހަރާ މިސްކިތް ބޮޑުކޮށް ހިނަވާގެ ތަރައްގީކުރަން ހަވާލުކުރީ ޕީއެންޕީ ކިޔާ ކުންފުންޏަކާއި އެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުރީ 4.9 މިލިއަން ރުފިޔާއަށެވެ. އޭގެތެރެއިން 3.6 މިލިއަން ރުފިޔާ އޮތީ އެ ކުންފުންޏަށް ދޫކޮށްފަ އެވެ. އެއީ އެޑްވާންސްގެ ގޮތުގައި ދޫކުރި މަސައްކަތުގެ އަގުގެ 15 އިންސައިތައިގެ އިތުރުން 2.6 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް މަސައްކަތް ނިންމަން ދިން އެއްމަސްދުވަހުގެ މުއްދަތުގައި ނުނިންމި އިތުރު ދުވަސް ދިނުމުންވެސް އެ ކުންފުންޏަށް އެ މަސައްކަތް ނުނިންމުން އެގްރިމެންޓް ވަނީ ބާތިލުކޮށްފަ އެވެ. 

އާ ސަހަރާ އަލުން މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެތަނުގައި ދެބުރީގެ އިމާރާތެއް އަޅާ އަންހެނުން ނަމާދުކުރަން އޮންނަ ބައި ބޮޑުކުރުން ހިމެނެ އެވެ. އަދި ހިނަވާގޭ ޒަމާނީ ފެންވަރަށް ބަދަލުކުރުންވެސް މި މަސައްކަތުގެ ތެރޭގައިވަނީ ހިމަނާފަ އެވެ. 

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓާއި އައިމިނަތު ޝަފާތު ވިދާޅުވީ އާ ސަހަރާގެ މައްސަލަ މިހާރު ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

އާ ސަހަރާ ނިންމަން ހަވާލުކުރި ޕީއެންއެފް އެކަން ނުވުމުން އެ މަސައްކަތް ވަނީ އެހެން ބީ ސިކްސް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައެވެ. އަލުން އެ މަސައްކަތް ހަވާލުކުރީ 4.7 މިލިއަނަށެވެ. ތަނުގެ އިމާރާތުގެ މަސައްކަތް ނިންމި ނަމަވެސް އެތަނުގައި އިތުރު މަސައްކަތްތަކެއް ނުކުރާތާ ދުވަަސްތަކެއް ވަނީ ވެފަ އެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ އާ ސަހަރާގެ ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް