ads
ތިލަފުށިން ކުލީ ބިން މިލްކުރަން އެދި ސިޓީ ފޮނުވަން ޖެހޭ މެއިލް އިސްލާހުކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައި - ފޮޓޯ:އެޗްޑީސީ
ތިލަފުށިން ކުލީ ބިން މިލްކުކުރަން އެދި ސިޓީ ފޮނުވަން ޖެހޭ މެއިލް ބަދަލުކޮށްފި
ތިލަފުށި ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބިން މިލްކުކުރެވޭ ގޮތަށް ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ފޮނުވަން ޖެހޭ މެއިލަށް ބަދަލު ގެނެސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
Advertisement

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި މަހުގެ ދެވަނަ ދުވަހު ތިލަފުށި ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިން ވިއްކުމާ ގުޅޭގޮތުން ކުރި އިއުލާނަށް އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބިން މިލްކުކުރެވޭ ގޮތަށް ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ފޮނުވަން މިހާރު ޖެހޭނީ [email protected] އަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެޗްޑީސީން މި މަހުގެ ދެވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ ތިލަފުށި ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބިން މިލްކުކުރެވޭ ގޮތަށް ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެެވެ. އެގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށި ފިޔަވަހި އެކަކުން 5،000 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ވަނީ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާ އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރަން އެދިފަ އެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ބިން ވިއްކުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. 

މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން އެ ކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް