ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފި
ވިޔަފާރީގެ މަޝްވަރާތަކަށް މިނިސްޓަރު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.
Advertisement

ސައީދުގެ ދަތުރާ ބެހޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ, މިއީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު، ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުގެ ތެރެއިން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކްއާ ގުޅޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް މަގުފަހިކުރާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ސައީދު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، އިގްތިސާދާއި ވިޔަފާރިއާ ގުޅޭ އެހެން ދާއިރާތަކުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ސައީދު މިފަހުން ވަނީ ވިދާޅުވެފައި އެވެ. 

އިނގިރޭސިވިލާތަކީ ފައިނޭންޝަލް ދާއިރާގެ ތަޖުރިބާ އާއި އިލްމު ހުރި ގައުމަކަށް ވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ރާއްޖެއިން އެ ގައުމާއެކު މަސައްކަތް ކުރަން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އިތުރުން ޖުލައި މަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަނަށް ސަރުކާރުގެ ޓްރޭޑް ވަފުދާއެކު ކުރައްވާ ދަތުރުގެ ވާހަކަ ވެސް ސައީދު ވަނީ މިއަދު ތަކުރާރުކުރައްވާފަ އެވެ. މި ދަތުރު ރޭވިފައިވަނީ ޖުލައި 10، އަކަށެވެ.

އެ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ މާލީ މުޅި ދާއިރާ ވަރުގަދަ ކުރުމަށްޓަކާ އެމެރިކާގެ އެހީތެރިކަން ހޯދުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް