ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީގެ އަގުތަކަށް ބަދަލުތަކެއް ގެނެސް އާއްމުކޮށްފައި މިވަނީ އެއާޕޯޓަށް ބައެއް ޓެކްސީތައް ކުރާ ދަތުރުތައް ހުއްޓާލާފައި ވަނިކޮށެވެ.
އެމިނިސްޓްރީން މިއަދު އާއްމުކުރި އާ އަގުތަކުގައި ވާ ގޮތުން ޑޮމެސްޓިކް ޓާމިނަލާއި ޓެކްސީއަށް އަރުވާ ލަގޭޖްގެ އަދަދު ތިނަކަށް ވުރެ ގިނަ ނަމަ އިތުރަށް ފައިސާ ނަގާނެ ރޭޓްތަކެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލެއިން ނުވަތަ ހުޅުމާލެއިން ވިޔަސް އެއާޕޯޓަށް ކުރާ ދަތުރުގައި ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ މިހާރު ކަނޑައަޅާފައިވާ އަގުގެ އިތުރުން 10 ރުފިޔާ ނެގޭނެެއެވެ. މި ބަދަލާއިއެކު މާލެއިން ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރެއްގެ އަގަކީ 80 ރުފިޔާއެވެ. ހުޅުމާލެ ފޭސް އެކަުން ޑޮމެސްޓުކް ޓާމިނަލަށް ކުރާ ދަތުރެއްގެ އަގަކީ މީގެ ފަހުން 90 ރުފިޔާއެވެ. ފޭސް 2 އިން ޑޮމެސްޓިކް ޓާމިނަލަށް ދަތުރުކުރާނަމަ އަގަކީ 95 ރުފިޔާއެވެ.
6 ސީޓަށް ވުރެ އިތުރަށް ސީޓް ހުންނަ އުޅަނދުތަކުން ޑޮމެސްޓިކް ޓާމިނަލަށް ކުރާ ކޮންމެ ދަތުރަކަށް އިތުރަށް 15 ރުފިޔާ ނެގޭނެކަމަށްް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޓެކްސީއަށް އަރަުވާ ލަގޭޖްގެ އަދަދު 3 ވުރެ ގިނަ ނަމަ ކޮންމެ ލަގޭޖަކަށް 5 ރުފިޔާ ނެގުމުގެ ހުއްދަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީތަކަށް ދީފައެވެ.
ޓެކްސީ އަގުތައް މާލެއިން ކުރާ ދަތުރުތަކަށް
އެއާޕޯޓް ކުރާ ދަތުރުތައް 6 ސީޓަށް ވުރެ ދަށް
މިނިސްޓްރީން ބުނީ އަލަށް މި ކަނޑައެޅި އަގުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
10-7 ސީޓުގެ އުޅަނދުތަކުން ކުރާ ދަތުރުތައް
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައިކަމަށެވެ. އަދި ކަނޑައަޅާފައިވާ އާ އަގުތަކަށް ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން މަސައްކަތްކޮށް ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑުތައް ހަރުކުރަން ނިންމާފައިވާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.