ads
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 100 ހެކްޓަރު ބިން ހިއްކައިފި
ގުޅީފަޅު ހިއްކުން ހުއްޓުވި ހައިކޯޓުގެ އަމުރު ބާތިލުކޮށްފި
ގުޅިފަޅު ހިއްކުން ހުއްޓުވައި ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ތިމާވެއްޓަށް ގެއްލުން ވާތީ ކަމަށް ބުނެ، ހުމައިދާ އަބްދުލްގަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލު ކުރިއިރު، އެ އަމުރަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރިންވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމިއިރު، ބުނެފައި ވަނީ ހައިކޯޓުން ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވަން އަމުރު ނެރެފައި ވަނީ ދެ ފަރާތަށް ލިބޭނެ ގެއްލުން ވަޒަން ކުރުމެއް ނެތި ކަމަށެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ނިންމީ ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް