ads
ތިލަފުށި ފޮޓޯ: އެޗްޑީސީ
ތިލަފުށީ ކެމިކަލް ގުދަނުން ޔުނިޓް ކުއްޔަށް ދޫކުރަނީ
ހިއުމަން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ) އިން ތިލަފުށީ ކެމިކަލް ގުދަނުން ޔުނިޓް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހަޅާނެ ގާބިލް ފަރާތްތައް ހޯދަމަށް އިއުލާން ނެރެފި އެވެ.
Advertisement

ތިލަފުށީ ކެމިކަލް ގުދަނުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ "ID03-G-02" ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ 827.28 އަކަފޫޓުކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންވާނީ މެއި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކަމަށާއި ދޭ އިރުޝާދާ އެއްގޮތަށް ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންވާނެކަމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިކަމަށް ބާއްވާ ޕްރީޕްރޮޕޯސަލް މީޓިން އޮންނާނީ ޒޫމް ވީޑިއޯ ކޯލް މެދުވެރިކޮށް މޭ 19 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކޮށްލަން ބޭނުންވާ ފަރާތްތަކަށް 21 މޭ ގެ މެންދުރު 2:00 ގެ ކުރިން އެޗްޑީސީން ދީފައިވާ އެޑްރެސް އަށް މެއިލް ކުރުމަށް އެޗްޑިސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަަމަޖެހިފައިވަނީ 27 މޭގެ މެންދުރު 1:00 އާ 2:00 ގެ ދެމެދުގައި އެޗްޑީސީ އިމާރާތުގެ އެގްޒިބިޝަން ސެންޓަރުގައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާނީ 27 މޭގައި އެޗްޑީސީ އޮފީހުގެ އެގްޒިބިޝަން ސެންޓަރުގައި ކަަމަށް އެޗްޑީސީން ނެރުނު އިއުލާނުގައިވެ އެވެ.

"ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ޑޮކިއުމަންޓްގެ ފުރިހަމަ ސެޓެއް އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެފަރާތުން ބުނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ 3 ވަނަ ފަންގިފިލާގައި ހުންނަ އެޗްޑީސީގެ ރިއަލް އެސްތޭޓް މެނޭޖްމަންޓްއަށް ޒިޔާރާތްކުރައްވާ ނުވަތަ 3353535 އަށް ގުޅުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް