ads
ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިނގިރޭސި ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސް
ރާއްޖެ އާއި ޔޫކޭ އިން ވިޔަފާރި ފުޅާކުރަން މަޝްވަރާކޮށްފި
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާކޮށްފި އެވެ.
Advertisement

ސައީދު އިނގިރޭސިވިލާތުގެ ދަތުރު ފެއްޓެވުމުގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ނޫސްބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ, މިއީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު، ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ކުރައްވާ ދަތުރެއް ކަމަށެވެ.

އިނގިރޭސިވިލާތާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީކުރުމާ ބެހޭގޮތުންނެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާކުރިކަން އާއްމު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތުގައި ހުންނަވާ ދެންމެ ކުރެއްވި 'އެކްސް" ޕޯސްޓެއްގައި އެވެ.

ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކަމަށާއި އިނގިރޭސިވިލާތުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފައިނޭންޝަލް ސާވިސް އިންޑްސްޓްރީ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މިނިސްޓަރު ސައީދުގެ މި ދަތުރުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އެ ގައުމުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ ބައްދަލުކުރައްވާނެ އެވެ.

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރަށް ފަހު ޖުލައިގައި، ސަރުކާރުގެ ވިޔަފާރި ވަފުދަކާއެކީ މިނިސްޓަރު ސައީދު އެމެރިކާގެ ވޮޝިންޓަނަށް ދަތުރެއް ކުރައްވަން ވެސް ވަނީ ހަމަޖެހިފައި އެވެ. މި ދަތުރު އޮންނާނީ ޖުލައި 10 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް