ads
އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް-----
މި ވަބާއަކީ ޖަލުތަކުގައި އަނިޔާ ލިބެމުންދާ މީހުންގެ ދުއާކަމަށް ވެދާނެ: ސަލީމް
ކޮރޯނާ ވައިރަހަކީ ޖަލުތަކުގައި ތިބި މީހުންނަށް ނުހައްގުން ލިބޭ އަނިޔާއާ ގުޅިގެން ފޮނުވި ކޯފާއަކަށްވެދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އެދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ޓީވީ ޗެނަލެއްގައި ބައިވެރިވެވަޑައިގެން ސަލީމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޖަލުތަކުގައި ނުހައްގުން އަނިޔާލިބެމުންދާ ފަރާތްތައް އުޅެމުންދާ ކަމަށެވެ. އެގޮތުން ދުނިޔެއަށް ފޮނުވާފައިވާ ބަލިމަޑުކަމަކީ ޖަލުތަކުގައި ތިބި މީހުންގެ ދުއާ އިޖާބަކޮށް ހެއްދެވި ފަރާތުން ފޮނުއްވި ކޯފާއަކަށްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހެންކަމުން، އިންސާނިއްޔަތަށްޓަކައި ނަމަވެސް ޖަލުތަކުގައި ތިބި ފަރާތްތަކަށް ލުއި ދިނުމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެންނަށް ނެނގޭނެ މި މައްސަލަ އައިކީ ކިނެހެއްކަމެއްވެސް. ދުނިޔޭގެ އެކިއެކި ތަންތަނުގައި ޖަލުތަކުގަ އެބަތިބި އަނިޔާ ލިބެމުންދާ އެތައްބައެއް. އެމީހުންގެ ދުއާއަކީ ﷲ ސުބުހާނަހޫ ވަތައާލާ އެއްވެސް ހުރަހެއް ނެތި ގަބޫލުކުރައްވާ ދުއާއެއް. އެހެންވީމަ އަޅުގަނޑުމެންނަށް ކިހިނެތޯ އެނގޭނީ މިއީ ޖަލުތަކުގެ މީހުން ކުރާ ދުއާތަކުގެ ސަބަބުން އައި ކޯފާއެއް ނޫންކަމެއްވެސް މުސީބާތެއް ނޫންކަމެއްވެސް. ކިހިނެއްތޯ އަޅުގަނޑުމެންނަށް އެނގޭނީ. އެހެންވީމަ ދުނިޔޭގަ އޮތް އިލުމުވެރި ޖަމިއްޔާއިންވެސް ގޮވާލީ ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެހެންކަމުން މި ކަހަލަ ދުވަސްވަރެއްގައި ޖަލުގެ ތަކުގައި ތިބި ފަރާތްތަކަށް މައާފުކޮށް، ލުއިދިނުން މުހިންމު ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ރޯދަމަސްކަމުން މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ލުއިއެއް ދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެގޭ އިތުރުން ރައީސް ޔާމިންއަށް ކުރެވިފައިވަނީ ބޭކާރު ތުހުމަތުތަކެއްކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ އެއްވެސް ސަރުކާރަކުން ގިނަ ބަޔަކު ބައިވެރިކޮށްގެން ވައްކަން ކުރާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

20%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް