ads
ޓެކްސީ
ޑްރައިވަރު ރުޅިއައިސް ޕަސެންޖަރު ބޭލި މައްސަލަ ބަލަނީ: ޕޮލިސް
ޑްރައިވަރު ރުޅިއައިސް ޕަސެންޖަރު ބޭލި މައްސަލަ ހުޅުމާލޭ ޕޮލިސް އިދާރާއިން ތަހުގީގުކޮށް، ގާނޫނުގެ މިންގަނޑުތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕާ އިންޓެންޑެންޓް އޮފް ޕޮލިސް އަހަުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއް އަހުލާގީ މިންގަނޑުން ބޭރު ވާޙަކަ، ކަސްޓަމަރެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި، ދަރިފުޅާއިއެކު ހުޅުމާލޭއިން މާލެއަށް އައުމަށް ޓެކްސީ ހިދުމަތް ބޭނުންކުރި ފަރާތެއް ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އޭނާ ބުނީ ޓެކްސީއަށް އެރުވުމަށްފަހު އެތަށްބޭކާރު ވާހަކައެއް ޓެކްސީ ޑްރައިވަރު ދެއްކިކަމަށާއި އަދ ވަކި ހިސާބަކުން އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައްވެސް ދެއްކިކަމަށެވެ. އެއަށްފަހު އޭނާގެ ހުއްދައާއެކު ޑްރައިވަރު އިތުރު މީހަކު ޓެކްސީއަށް އެރުވިކަމަށްވެސް ޕޯސްޓުގައި އެމީހާ ލިޔުނެވެ. 

އަދި ޓެކްސީއަށް އެރުވި އިތުރު މީހާގެ އަތުން އަގު ނަގަންވާނީ ފުރަތަމަ ދަތުރު ނިމޭ ހިސާބުންކަމަށްވެސް އެމީހާ އަމިއްލައަށް ޝަރުތުކުރިކަމަށް ޕޯސްޓް ލިޔުނު ފަރާތް ބުނެ އެވެ. ޝަރުތާ އެއްބަސްވިނަމަވެސް ފަހުން އެކަމާ ޑްރައިވަރު ދެބަސްވެ، ދެކޮޅުހަދާ ރުޅި ގަދަކުރަން ފެށިކަަމަށް އޭނާ ބުނެ އެވެ.

"އެއަށްފަހު އަހަރުމެން ދެމައިން ގޮވައިގެން މުޅި ހުޅުމާލެ ވަށާ ބުރުޖެހި އިރުވެސް އެއަށް އަރާނެ އިތުރު ފަރާތެއް ނުވުމުން އިރުކޮޅަކުން އަންގައިފިއެވެ. ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއްނެތްކަމަށް ބުނެ ހުޅުމާލެއިން އެ ޓެކްސީއަށް އެރިތަނަށް ބާލާފަ ގޮއްސި" އެ ޕޯސްޓްގައި ބުނެ އެވެ.

މިދަތުރު ތަޖުރިބާ ކުރި މި ފަރާތް ވަނީ ކަންބޮޑުވުން ފާޅުކޮށް އެއީ ދަށުދަރަޖައިގެ އަމަލެއްގޮތުގައި ސިފަކޮށްފަ އެވެ.

އޭނާއާއެކު ދަތުރު މަތީ އިން އޭނާ ގެ ދަރިފުޅަށް ރިއާޔަތްކޮށް ޕޯސްކުރި ފަރާތް ވަނީ އެ ދަތުރަކީ ފެތުމުގެ މުބާރާތެއް ނިންމާފަ އެވަރުބަލިކަމާއެކު އަވަހަށް ގެއަށްދާން ބޭނުންވެފަވާ ކުޑަކުއްޖެއްވެސް އިން ދަތުރެއްކަމަށް ފާހަގަކޮށް އެފަދަ ކުލުނެއްވެސް ނެތްކަމާމެދު ސުވާލު އުފައްދާފަ އެވެ.

"މޫސުމުގެ ބޯވާރޭގައި އިތުރު ޓެކްސީއެއް ހޯދުމަށް އެތައް ތަކުލީފެއް އަބަދުވެސް އުފުލަންޖެހޭކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މި ފަދަ މީހުންނަށް ކިޔާނީ ކީކޭ ހެއްޔެވެ؟ މީ މިދުނިޔޭގަ އެކަނި ލައްވާފަ ތިބި ބަޔަކީ ހެއްޔެވެ؟ ރިޒުގު ދެއްވުން މިންވަރު ކުރެއްވި ފަރާތުން އެ މަގު ބަންދުކޮށް ވަގުތުން އިމްތިހާނު ނު ކުރެއްވުމީވެސް ހިކުމަތެކެވެ"

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންވާ ފިޔަވަޅުތައް ފުލުހުންގެ އިދާރާއިން އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް