ads
މި އަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމަށް ގައުމީ ދާރުލްއާސާރުން ބޭއްވި ހާއްސަ ހަރަކާތް
ޕޮއެޓްރީ ތެރަޕީއަށް ދިވެހި ނަމެއްދީފި؛ "ޅެންފަރުވާ"
"ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމަކީ "ޅެންފަރުވާ"ކަމަށް ކަނޑައަޅައިފި އެވެ.

"ޅެންފަރުވާ" މި ނަން ބަސްކޮމެޓީން ފާސްކުރުމާއިއެކު މިހާރު ވަނީ ބަސް ފޮތުގެ އޮންލައިން އިސްދާރު - ވާޝަންގައި ހިމަނާފަ އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ބުނީ، ދިވެހި ބަހުގައި "ޅެންފަރުވާ"ގެ މާނައަކީ ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއްކަމަށެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއްކަމަށްވެސް ވަނީ ބުނެފަ އެވެ.

ދިވެހި ޅެންވެރިކަން ބޭނުން ކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހު އެވެ. 

މި އަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމަށް ގައުމީ ދާރުލްއާސާރުން ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ "ތައުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު" ކަމަށެވެ. އެ ޝިއާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުން ކަމަށް ވުޒާރާއިން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް