ads
ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ ހުސައިން ޝިފާޒް - ފޮޓޯ:ޝިފާޒް ފޭސްބުކް
ޑެޕިއުޓީ މިނިސްޓަރު ޝިފާޒް ސަސްޕެންޑްްކޮށްފި
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑްކޮށްފިއެވެ.

އޭނާ މަސައްކަތަށް ނުނިކުމެ ގޭޭގައި މަޑުކުރަން އަންގާފައިވާކަން ސީއެމްއެމަށް ވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް އޭނާ ސަސްޕެންޑްކުރި ސަބަބު އަދި ސާފެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން ރައީސް އޮފީހުންވެސް އަދި އެއްޗެެއް ހާމައެއް ނުކުރެއެވެ. 

މީގެ ކުރިންވެސް ސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރަކު ވަނީ ވަޒީފާއަށް ނުނިކުމެ މުސާރަ ހިނގާ ގޮތަށްް ސަސްޕަންޑްްކޮށްފައެވެ. އެއީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދުއެވެ. މި ތިން ޑެޕިއުޓީ މިނިސްޓަރުން މިއަހަރުގެ ޖެނުއަރީން މަހުން ފެށިގެން އަދިވެސް ތިބީ ސަސްފެންޝަންގައެވެ. 

މި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ވަރަށް ހުތުރުކޮށް ފާޑުކިޔުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް