ads
ކަލްކަތާގެ ކުޅުންތެރިއަކު ސެމީ ފައިނަލް މެޗުގައި
އައިޕީއެލް: ފައިނަލްގެ ފުރަތަމަ ޖާގަ ކަލްކަތާއަށް
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ، އިންޑިއަން ޕްރިމިއާ ލީގު- އައިޕީއެލްގެ މި އަހަރުގެ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ކަލްކަތާ ނައިޓް ރައިޑާސްއިން ހޯދައިފިއެވެ.
Advertisement

ކަލްކަތާ ފައިނަލަށް ދިޔައިރު ލީގު ޗެމްޕިއަންކަންވެސް ހޯދީ އެ ޓީމުންނެވެ. ފައިނަލްގެ ފުރަތަމ ޖާގަ ކަލްކަތާއިން ކަށަވަރުކުރީ، ލީގު އުސޫލުން ކުޅެ، ދެވަނަ ހޯދި ސަންރައިޒާސް ހައިދަރުއާބާދުގެ މައްޗަށް އަށް ވިކެޓުން ކުރިހޯދައިގެންނެވެ. މިއީ، ކަލްކަތާ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަތަރު ވަނަ ފަހަރެވެ. 

އައިޕީއެލްގެ ޗެމްޕިއަންކަން، 2012 އާއި 2014 ވަނަ އަހަރު ހޯދި ކަލްކަތާ އިން އެންމެ ފަހުން ފައިނަލުގައި ކުޅެފައިވަނީ، 2021 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލްގައި ޗެންނާއި ސުޕަ ކިންގްސް އަތުން ކަލްކަތާވަނީ ބަލިވެފަ އެވެ.

ރޭ ކުޅުނު ފުރަތަމަ ސެމީ މެޗުގައި، ޓޮސް ދިމާވުމުން ހައިދަރުއާބާދުން ނިންމީ ކުޅެން އަރާށެވެ. ހައިދަރުއާބާދުގެ ހުރިހާ ކުޅުންތެރިން، 19.3 އޯވަރުގެ ތެރޭގައި ނުބައިވިއިރު، އެ ޓީމަށް ހެދުނީ، 159 ލަނޑެވެ.

ޖަވާބުގައި ކުޅެން އަރައި، ކަލްކަތާ އިން ވަނީ، 13.4 އޯވަރުގެ ތެރޭގައި، ދެ ކުޅުންތެރިން ނުބައިވެގެން، 164 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ.

ކަލްކަތާ އަތުން ބަލިވި ނަމަވެސް ހައިދަރުއާބާދަށް އަދި ފައިނަލްގެ ފުރުސަތު އެބައޮތެވެ. ހައިދަރުއާބާދު ފަހު ސެމީގައި ކުޅެން ޖެހޭނީ، ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމު ކުޅެގެން މޮޅުވާ ބަޔަކާއެވެ. އެއީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ރާޖަސްތާން ރޯޔަލްސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް