ads
ވިލިމާލޭގައި ގާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލީޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާ ހަވާލުކުރުން
ވިލިމާލެ ޓާޝަރީ ހޮސްޕިޓަލް އަޅަން ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާއަށް
ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާ ސަރުކާރާ އެކު ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފި އެވެ.
Advertisement

ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ތައްޔާރު ކުރުމަށް ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ސޮއިކުރެވުނު ފަހުމުނާމާ އާ ގުޅިގެން ކަމަށެވެ.

މި މަރުހަލާގައި ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ރާއްޖެއަށް ޒިޔާރަތްކޮށް، މަޝްރޫއާ ބެހޭ ޓެކްނިކަލް ތަފުސީލުތައް ދެނެގަނެ، މި މަސައްކަތުގެ ޓެންޑަ މަރުހަލާއަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

your imageވިލިމާލޭގައި ގާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލީޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާ ހަވާލުކުރުން

މި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު ހަލީލު ހާމަކުރައްވާފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ރައީސްގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވިދާޅުވެފައި ވަނީ ޗައިނާ ސަރުކާރުގެ ހިލޭ މި މަޝްރޫއަށް އެހީ ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ކަނޑައަޅުއްވާފައިވާ ކަމުގަ އެވެ. މި ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް