ads
ނޭމާ
ނޭމާއަށް އަލުން ކުޅެވޭނެ ދުވަހެއް އަދިވެސް ނޭނގޭ
ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކުން ރަނގަޅުވަމުން އަންނަ ނޭމާއަށް ސައުދީ ޕްރޯ ލީގުގެ އާ ސީޒަންގެ ކުރީކޮޅުވެސް ކުޅެވޭނެހެން ހީނުވާ ކަމަށް އަލް ހިލާލްގެ ކޯޗު ބުނެފި އެވެ.

ބްރެޒިލްގެ އެޓޭކަރަށް އަނިޔާވީ އޮކްޓޯބަރު މަހުއެވެ. އެ އަނިޔާއާ ގުޅިގެން މި ސީޒަންގެ ބޮޑު ބައެއްގައި ނުކުޅެވުނު ނަމަވެސް އަލް ހިލާލްވަނީ މި މަހުގެ ކުރީކޮޅު ރެކޯޑް 19 ވަނަ ފަހަރަށް ސައުދީ ލީގު ކާމިޔާބުކޮށްފަ އެވެ. ސައުދީ ލީގު ސަގާފީ ގޮތުން އޮގަސްޓް މަހު ފަށާއިރު، ބާސެލޯނާ އަދި ޕީއެސްޖީގެ ކުރީގެ ތަރި ނޭމާއަށް އޭރަށްވާއިރަށް ކުޅެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އަންނަ މަހު ބާއްވާ ކޮޕާ އެމެރިކާގައިވެސް ނޭމާއަކަށް ނުކުޅެވޭނެ އެވެ.

އުމުރުން 32 އަހަރުގެ ނޭމާ ވަނީ މިދިޔަ ނޮވެމްބަރު މަހު ބްރެޒިލްގައި އޮޕަރޭޝަނެއް ކޮށްފަ އެވެ. ނޭމާއަށް އަނިޔާވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް 2-0 އިން އުރުގުއޭ އަތުން ބަލިވި މެޗުގައެވެ.  

ނޭމާ ޕީއެސްޖީ ދޫކޮށް އަލް ހިލާލް އަށް ބަދަލުވީ 2023 ވަނަ އަހަރު ސީޒަނަކަށް 100 މިލިއަން ޔޫރޯގެ އަގަކަށެވެ. އެހެންނަމަވެސް ފުރަތަމަ ސީޒަންގެ ބޮޑުބައި ދިޔައީ އަނިޔާގެ ސަބަބުން އޭނާއަށް ނުކުޅެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް