ads
އިނިގިރޭސިވިލާތުގެ ބޮޑު ވަޒީރު. ރިޝީ ސުނާކް - ފޮޓޯ/މިޑްލް އީސްޓް މޮނިޓާ
އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި 4 ގައި
އިނގިރޭސިވިލާތުގައި އާންމު އިންތިހާބު ބޭއްވުމަށް ބޮޑުވަޒީރު ރިޝީ ސުނަކް ތާރީހް ކަނޑައަޅުއްވައި، އެ ދުވަހަކީ ޖުލައި 4 ކަމަށް އިއުލާންކުރައްވައިފި އެވެ.

ސުނަކް އެގޮތަށް އިއުލާނުކުރެއްވީ ޑައުންނިން ސްޓްރީޓްގައި އާންމުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.

އެ އިންތިހާބު އޮންނަނީ ފިނި ހަނގުރާމަ ނިމުނު ފަހުން ދުނިޔެ ކުރިމަތިލާން ޖެހިފައިވާ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ކަމަށް ވެސް ސުނަކް ވިދާޅުވިއެވެ.

އާންމު އިންތިހާބަށް ތާރީހް ކަނޑައެޅުމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށްވެސް -- ދުވަސްވަރުގެ ގޮތުން ދަތިނުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރިޝީ ސުނަކް ވިދާޅުވި އެވެ.

"މިއަދުގެ ވަގުތެއްގައި މަޖިލިސް އުވާލުމަށް އެދި ރަސްގެފާނު ޗާލްސްއާ ވާހަކަ ދެއްކީ. ރަސްގެފާނު ވަނީ އެގޮތަށް އެއްބަސްވެވަޑައިގެންފައި. އަދި، ޖުލައި މަހުގެ 4 ވަނަ ދުވަހު އާންމު އިންތިހާބެއް އޮންނާނެ،" ސުނަކް ވިދާޅުވި އެވެ.

މި ވަގުތު އިންތިހާބަކަށް ގޮވައިލުމުގައި ސުނަކްގެ އަމާޒަކީ، އިނގިރޭސި ވިލާތުގެ އިގުތިސޯދީ ހާލަތުގެ ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ތަކެތީގެ އަގު އުފުލުން ހިފެހެއްޓިފައި އޮތް ދަނޑިވަޅެއްގެ ފައިދާ ނެގުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް